މުއިވެޔޮދޮށު މައިޒާން އާބަތުރަ ފިލުވުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ އެ މަސައްކަތް ކުރިއަށްދާގޮތުގެ ބައެއް ފޮޓޯތަކާއެކު އިއްޔެ ކޮށްފައިވާ ޓްވީޓެއްގައެވެ.

ސިޓީ ކައުންސިލުން ބުނީ އާބާތުރަ ފިލުވުމުގެ މި މަރުހަލާގައި ކުޑަކުދިން ކުޅޭނެ އާ ''ޕްލޭ ސެޓްސް'' ހަރުކުރުމާއި ލައިޓްތައް ހަރުކުރުންވެސް ކުރިއަށްގެންދާނެކަމަށެވެ.

ނަމަވެސް އެޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވާނެ ތާރީހެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

ބިސްބުރުގައި މުއިވެޔޮދޮށް މައިޒާން ހުޅުވާފައިވަނީ 2015 އަހަރުގައެވެ.