ގާސިމް ފާޑުކިޔަމުން ދާއިރު،ސަރުކާރުގެ މަޤާމުތަކުގައި ތިބި ޖޭޕީގެ މެމްބަރުން ހިމޭނުން ފިޔަމަޅައިގެން

12

އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ވުޖޫދަށް ގެނައުމަށްޓަކައި، ގިނަ ބަޔަކު އަތުގުޅައިގެން އެކުވެރިކަމާއެކު، ވަރަށް ބުރަކޮށް މަސައްކަތް ކުރިތަން ވަނީ ފެނިފައެވެ. މި މަސައްކަތް ކުރުމުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫނު އަދި އެމް.ޑީ.ޕީ ގުޅިގެން ކުރި މަސައްކަތެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަޤުސަދުގައި ހުރިހާ އިނދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުން އެކަން ކާމިޔާބުވެ އާސަރުކާރެއް މިހާރުވަނީ އެކުލަވާލެވިފައެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތު އެތައްބަޔަކު ގުޅިގެން ކުރެވުނު މަސައްކަތަކީ ރީތި މިސާލެކެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދިން ކަމެވެ.

އާސަރުކާރު އެކުލަވާލުމުގައި އެއްބަސްވެފައިވާ ގޮތަށް ޕާޓީތަކަށް ވަނީ ކަނޑއެޅުނު މިންވަރު ދީފައެވެ. ނަމަވެސް ސަރުކާރު ވުޖޫދަށް އައިސް ހަމަނޭވާ ނުލެވިގެން އުޅެނިކޮށް ކުރިމަތިލާން ޖެހުނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބާއެވެ. މިހިސާބުން މަސައްކަތް ކުރަންބޭނުންވީ ގުޅިގެން އިންތިޚާބުގައި ވާދަކުރުމަށެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވުމުން އެޕާޓީއެއް އަމިއްލައަށް އެޕާޓީއެއް ބޭނުންވާ ދާއިރާއަށް ކުރިމަތި ލާން ނިންމައި ކެމްޕެއިން ވަނީ މެކުހައްޖަހާފައެވެ. މިހާ ހިސާބުން ފެނިގެން ދިޔައީ އެހެން މަންޒަރެކެވެ.

Advertisement

ގާސިމް އިބްރާހިމްގެ ޚިޔާލު ތަފާތުވެ ސަރުކާރަށާއި، ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ފާޑު ކިޔާ ސިޔާސީ ގޮތުން އެފަރާތްތަކަށް ނިސްބަތް ކޮށް ވާހަކަ ދައްކަން ފެށުމެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުންނެވެ. އެހެންކަމުން ކޯލިޝަންގެ ބައިވެރިންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑަށް ވަނީ އުފެދިފައެވެ. ކޯލިޝަންގެ ބައިވެރިންނަށް ފާޑު ކިޔާ، ރައީސް ޔާމީނަށް ތާއީދުކޮށް ޔާމީނާއެކު ގުޅިގެން މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ގާސިމް އިބްރާހިމް މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މިއީ ހަގީގަތް ކަމުގައިވާއިރު އުފެދޭ ސުވާލަކީ، ސަރުކާރަށް ފާޑުކިޔާ ރައީސް ޔާމީނާއެކު ގާސިމް އިބްރާހިމް މަސައްކަތް ކުރަމުންދާއިރު، ޖުމްހޫރީ ޕާޓީއަށް ލިބުނު ފުރުސަތު ތަކުގައި ސަރުކާރުގެ އެކި ގިންތި ތަކުގައި މަސައްކަތް ކުރަމުންދާ މީހުން ކޮބާތޯއެވެ؟ އެމީހުންގެ އަޑެއް ނީވެނީ ކީއްވެގެންތޯއެވެ؟ ޖުމްހޫރީ ޕާޓީއަށް ނިސްބައިވާ ދެތިން މިނިސްޓަރަކު ޓްވީޓެއް ކޮށްލުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުކުރެވެ. ކީއްވެގެން ތޯއެވެ؟ ދެތިން ގޮތަކަށް މާނަ ކުރެވިދާނެއެވެ. އެއްގޮތެއް ކަމަށް ބެލެވެނީ ވަޒީފާގެ މުހިއްމުކަމެވެ. ވަޒީފާ ގެއްލިއްޖެނަމަ ދިރިއުޅުމުގައި ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުމެވެ. ދެން އޮތް ގޮތަކީ ސަރުކާރުގެ އެތެރޭގައި ތިބެގެން ކުޅެން ފަސޭހަ ވާނެތީ ސަރުކާރު ތެރޭގައި ތިބެވޭނީ ކޮންގޮތަކުންތޯ ބަލައި އެބޭނުމުގައި ކަމުގައި ވެދާނެއެވެ. ނޫން ނަމަ ވަޒީފާގެ ފުރުސަތު ތަކާއި ލިބޭ ކުރި އެރުންތަކަށް ބެލުމަށްފަހު، ޖުމްހޫރީ ޕާޓީގެ ނަންފިލާގަނޑުގެ ދަށުގައިތިބެ އެމް.ޑީޕީއަށް ތާއީދުކޮށް އެފަރާތްތަކަށް އެއްބާރުލުން ދިނުމެވެ. މި ގޮތަށް ގަބޫލުކުރަންޖެހުނީ އެމްޑީޕީ އަކީ ސަރުކާރު ކޯލިޝަންގެ މައިޕާޓީއެވެ. އަދި ކޯލިޝަންގެ އެންމެ ގިނަ ވޯޓް ހޯދިޕާޓީކަމުގައި ވުމެވެ. ހަމަ އެއާއެކު އެމްޑީޕީގެ އަޢުލަބިއްޔަތު އޮތް މަޖިލީހެއް ހޮވިއްޖެނަމަ ސަރުކާރު ތެރެއިން ކަންކަން ކުރުމުގަޔާއި ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތް ދިނުމުގައި ލިބިގެންދާނެ ފައިދާ އަކަށްޓަކައެވެ.

ނަމަވެސް ހަގީގަތް ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް ޤަބޫލުކުރަންޖެހޭ ކަމަކީ، ގާސިމް އިބްރާހިމް ސަރުކާރުގެ ކޯލިޝަން ތެރޭގައި ހުރެ ސަރުކާރަށާއި، ކޯލިޝަންގެ ބައިވެރިންނަށް ފާޑުކިޔާ އެފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރަމުން ދާކަމެވެ. އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމާއެކު މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަވެ. މިހެން މިކަން އޮތް އިރު ސަރުކާރު ތެރޭގައި ތިބި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ހުރިހާ ގިންތިއެއްގެ ބޭފުޅުންވެސް އަނގައިން ނުބުނާ ކަމެވެ. އެމީހުންގެ ހަމަހިމޭންކަން ބޮޑު ކަމެވެ. އެމީހުން ފިޔަމަޅައިގެން ތިބި ތިބުމެވެ. އެފަރާތްތަކުން ހަމަ ހިމޭންވެ ފިޔަ މަޅައިގެން ތިބި އިރު ސަރުކާރުގެ ނުފޫޒު ހުރި ދިމަ ދިމާގައި، ނުފޫޒު ހުރި ވަޒީފާތަކުގައި ޖުމްހޫރީ ޕާޓީއަށް ނިސްބައިވާ މީހުން ގިނަކަން ފާހަގަ ކޮށްލަން ޖެހެއެވެ.

Advertisements

12 COMMENTS

  1. ވަރަށް ރަނގަޅު ވާހަކަ އެއް. މިއީ ތެދު ވާހަކަ އެއް. އެގޮތަށް އުޅޭ ނަމަ ވަޒީފާތަކުން ވަކި ކުރަން ފެނޭ. އޭރުން ގާސިމް ސައިޒް ވާނީ

  2. ދަައުލަތުގެ މުހިއްމު ވަޒީފާތަކުގައި ގާސިމްގެ މީހުންތައް ތިބީ ވަކި ކުރަން ގޮވާލަން

  3. އިމިގްރޭޝަން ކޮންޓްރޯލަރ، ސްތެލްކޯ، އަދިވެސް އަދިވެސް

  4. މުހިއްމު މަގާމުތަކުގައި ގާސިމްގެ މީހުން ތިބުމަކީ، ސަރުކާރަށް ނުރައްކާތެރި ކަމެއް. ލޮޅުން އަރުވާލަފާނެ

  5. ވިޔަފާރިއަށް މަގުފަހި ވާގޮތަށް ތަންތަނަށް މީހުން ހަމަޖައްސާފައި ހުރީ

  6. މި ފަހަރު އިލެކްޝަން ކާމިޔާބު ކުރާނީ ގާސިމްބެމެން. ރޮއިރޮއި ތިބެންވާނީ

  7. ކޮބާ ކޮބާ ކިހިނެއް ހީވަނީ. އަސްލުވެސް މިއީ ވިސްނާ ފިކުރު ކުރަންޖެހޭ ކަމެއް. ދިވެހި ރައްޔިތުންނަށް މިކަން އެނގުން ވަރަށް މުހިއްމު

Comments are closed.