ޢުމުރުން ފަނަރަ އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު ފަނަރަ އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ޙުކުމް ކޮށްފައެވެ. އެ އަމަލު ހިންގާފައިވަނީ އެކުއްޖާގެ ބޮޑުބޭބެ ކަމަށް އެނގިފައިވެއެވެ.

މީގެ ކުރިން މި މައްސަލަ ހުށަހަޅާފައިވަނީ އެ ކުއްޖާ ނިސްބަތްވާ ރަށު މެޖިސްޓްރޭޓް ކޯޓަށެވެ. އެ މައްސަލަ ބެލުމަށްފަހު އެ ކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ. އެހެންނަމަވެސް އެ ހުކުމް ޕްރޮސިކިއުޓާ ޖެނެެރަލް ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

އިސްތިއުނާފީ އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލުކޮށް، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.