ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފުރާވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅެކެވެ އަދި މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވަނީ މިއަހަރުގެ ކުރީކޮޅު، ފެބްރުއަރީ މަހުވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ.

އެގޮތުން ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.