ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހަކާއި ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޓެންޓުގައި ޒުވާނަކަށް އަނިޔާވެ ހާލު ސީރިއަސް ވެއްޖެއެވެ.

އެކްސިޓެންޓު ހިންގާފައިވަނީ ދެވަނަ ފިޔަވަހީގެ ގުލްހަޒާރުމާހިންގުމާއި ދުނބުރިގަސް މަގު ގުޅުނު ކަންމަތިން ބަހަކާއި ސައިކަލެއް ޖެހި ކަމަށް ފުލުހުން ބުނިއެވެ .އަދި މި ކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 8:51 ހާއިރުކަމަށްވެސް ފުލުހުން ބުންޏެވެ.

އަނިޔާވެފައިވަނީ 19 އަހަރުގެ ޒުވާނަކަށް ކަމަށްވެސް ބުނިއެވެ.

ހުޅުމާލެގައި ހިންގި އެކްސިޓެންޓު

ހުޅުމާލެ ހޮސްޕިޓަލް އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވެގެން މިއަދު ހެނދުނު ގެނައި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް އޭނާ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އޭޑިކޭއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ ހުޅުމާލެ ހޮސްޕިޓަލުން ދެވޭނެ ފަރުވާއެއް ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ. ސޯޝަލްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަހުގެ މެދުގައި ސައިކަލް ޖެހިފައިވާއިރު އެ ދިމާލުން ބަހުގެ ބިއްލޫރިގަނޑު ވެސް ވަނީ ފުނޑުފުނޑުވެފައެވެ.

މިހާރަކަށް އައިސް ހުޅުމާލެ އާއި މާލެގައި އެކްސިޓެންޓް ވާލެއް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގިނަ ވަމުންނެވެ.