މިދިޔައަހަރު ހުވަދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރު (ބެސްޓް އޯލްރައުންޑް) ގެ މަގާމް ގްރޭޑު ދިހައެއްގައި ކިޔެވި ފާތިމަތު އިނާން އިހްސާން ހޯދައިފިއެވެ.

ބުރާސްފަތު ދުވަހުގެރޭ އެސްކޫލުގައި ބޭއްވި އަހަރީ އިނާމް ދިނުމުގެ (2021-2022) ޖަލްސާގައި އޭނާއަށް އިނާމާއި ހަނދާނީ ލިޔުން ދިނީ އިނާމް ދިނުމުގެ ޖަލްސާގެ ޝަރަފްވެރިމެހުމާނާ ގދ. ވާދޫ ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ނަޒުހާ ސަޢީދެވެ. އިނާމަކަށް ހަނދާނީ ލިޔުމުގެެ އިތުރުން ފަސް ހާސް ރުފިޔާ އޭނާއަށް ވަނީ ލިބިފައެވެ.

ފާތިމަތު އިނާން އިހްސާން ވަނީ ސާނަވީ އިމްތިހާނުގައި ބައިވެރިވެ ރަނގަޅު ނަތީޖާއެއް ހޯދައިފައެވެ. މިއީ އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ހުވަދޫ ސްކޫލަކީ ކުރިއަރަމުން އަންނަ އުންމީދީ ސްކޫލެކެވެ.