ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ބައިނަލްއަގުވާމީ ފޯވާޑް ކައި ހަވާޓްޒް، 65 މިލިޔަން ޕައުންޑުގެ ޓްރާންސްފާއެއްގައި ވާދަވެރި އާސެނަލްއަށް ވިއްކާލުމަށް ޗެލްސީއިން ނިންމައިފިއެވެ.

2020 ވަނަ އަހަރު ޖަރުމަނުގެ ބަޔާ ލެވަކޫސައިން 71 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީ އެއްގައި ޗެލްސީއަށް ގެނައި ހަވާޓްޒްއަކީ އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ވަރަށް ގަޔާ ކުޅުންތެރިއެކެވެ.

2021 ވަނަ އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިނުމަށް ފައިނަލް މެޗުގައި މެންޗެސްޓަރ ސިޓީ ކޮޅަށް ލަނޑު ޖެހި ހަވާޓްޒް،24، އާއި އާސެނަލްއާ ދެމެދު މިހާރު މަޝްވަރާ ކުރަމުން އަންނަނީ ޕާސަނަލް ޓާމްސްތަކާމެދު ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން އެކްލަބުގެ އަގު ބޮޑު ސްކޮޑް ކުޑަ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ އާކޯޗް ޕޮޗެޓީނޯގެ ޕްލޭނަށެވެ. ޗެލްސީގެ ކޯޗްކަމާ މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ހަވާލުވުމަށްފަހު ޕޮޗެޓީނޯ ވަނީ، ތަޖުރިކާރާރު ދެމިޑްފްޑަރުން ކަމުގައިވާ އެންގްލޯ ކަންޓޭ އާއި ކޮވަސިކް އަދި ޑިފެންޑަރު ކުލިބަލޭ އާއި ވިންގަރ ހަކީމް ޒިޔެޗް އެހެން ކްލަބުތަކަށް ވިއްކާލާފައެވެ. މީގެ ތެރެއިން ކޮވަސިކް ނޫން އެހެން ކުޅުންތެރިން ވިއްކާލީ ސައުދީ ލީގުގެ ކްލަބުތަކަށެވެ. ކޮވަސިކް ވިއްކާލީ މެންޗެސްޓަރ ސިޓީއަށެވެ.