އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް މި މަހުގެ 9 ވަނަ ދުވަހުގެ މެންދުރު 14:00 ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

އަދާލަތުން ބުނީ ރައީސް ކަމަށް ކުރިމަތިލާނަމަ، އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ފޯމުގައި ނަމެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲއެވެ. ނައިބު ރައީސަކީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.