ވ.ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2023 މިއަދު ހަވީރު ކެޔޮދޫގައި ވަނީ ފަށާފައެވެ. މިއަދު ހަވީރު 4:00 ގައި ކުޅެވުނު ފުރަތަމަ މެޗްގައި ވާދަކުރީ ސްޓެލްކޯ ކްލަބް ކެޔޮދޫ އާއި ކްލަބް ބްރޯކާސް އެވެ.

މި މެޗް 3-2 އިން ކާމިޔާބުކުރީ ސްޓެލްކޯ ކްލަބް ކެޔޮދޫއެވެ. ސްޓެލްކޯގެ ލަނޑުތައް ކާމިޔާބުކުރީ މޫސާ އަމްހަދު، ޙުސައިން ޖިނާހު އަދި ޙުސައިން ޝަމީޒެވެ. ކްލަބް ބްރޯކާސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ނަސީމް އަދި އަޙްމަދު ރަޝީދެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސްޓެލްކޯ ޓީމްގެ ޙުސައިން ޖިނާޙެވެ.

ދެވަނަ މެޗްގައި މިއަދު ހަވީރު 5:00 ގައި ވާދަކުރީ ސޮލައިދޫ ސްޕޯރޓްސް ކްލަބް އަދި ކަންމަތި ސްޕޯޓްސް ކްލަބެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗް ތަފާތު ބޮޑުކޮށް 5-2 އިން ކާމިޔާބުކުރީ ސޮލައިދޫ ސްޕޯރޓްސް ކްލަބެވެ. ސޮލައިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނާލް، އަޒިޔާލް އަދި 3 ލަނޑު ޖަހައިގެން ހެޓްރިކް ހެދި މާހިލްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީވެސް ސޮލައިދޫ ޓީމްގެ މާހިލްއެވެ. ކަންމަތި ސްޕޯޓްސް ކްލަބްގެ ލަނޑުތައް ކާމިޔާބުކުރީ ޝާއިޤް އަދި އަސަދުﷲ އެވެ.

މި މުބާރާތުގެ 3 ވަނަ މެޗްގައި މާދަމާ ހެދުނު 6:30 ގައި ކުޅޭނީ އަންހެން ޑިވިޝަންގެ މެޗެކެވެ. މި މެޗްގައި ވާދަކުރާނީ ސްޕޯރޓްސް ކްލަބް ހޮސްކޮވޯ އާއި ކްލަބް ބްރޯކާސް އެވެ. އަދި މި މެޗަށްފަހު ހެނދުނު 7:30 ގައި ފިރިހެން ޑިވިޝަންގައި ގޭދޮށު ފުޓްބޯޅް ކްލަބް އަދި ސްޕޯރޓްސް ކްލަބް ހޮސްކޮވޯ ބައްދަލުކުރާ މެޗްވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހަވީރުވެސް 2 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގެ މީޑިއާ ޕާރޓްނަރ އަކީ ހަލިނިއުސް އެވެ. ހަލިނިއުސް މެދުވެރިކޮށް މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެވޭނެއެވެ.

މި މުބަރާތުގެ ސްޕޮންސަރުންނަކީ:

ނަކާއި ރިޒޯޓްސް، ސްޓެލްކޯ، ހުޅުމާލެ ސޯމިލްސް، އާބަންކޯ، އެލިއާ އިންވެސްޓްމަންޓްސް، މަޑިހާ ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ، އެފް.އެސް.އެމް، ވައިޓް މާކަނާ ލޮޖް، ޖުޕިޓަރ ސަންރައިޒް ލޮޖް އަދި ކެފޭ ތާސީރެވެ.