ވ.ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2023 ގައި މިއަދު ވަނީ ފޯރިގަދަ މެޗްތަކެއް ކުޅެފައެވެ.

މިއަދު ހެނދުނު 6:30 ގައި ފުރަތަމަ ކުޅެފައިވަނީ އަންހެން ޑިވިޝަންގެ މެޗެކެވެ. އަންހެން ޑިވިޝަންގެ މި މެޗްގައި ކްލަބް ބްރޯކާސް އާއި ސްޕޯރޓްސް ކްލަބް ހޮސްކޮވޯ ވާދަކުރި ފޯރިގަދަ މެޗް 2-0 އިން ކާމިޔާބުކުރީ ކްލަބް ބްރޯކާސް އެވެ. ކްލަބް ބްރޯކާސް ގެ ލަނޑުތައް ކާމިޔާބު ކުރީ ޝައު އާއި ލަޔާލްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗްގައި ތަފާތުކުޅުމެއް ދެއްކި ޝައުއެވެ.

ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗް ގައި ހެނދުނު 7:30 ގައި ވާދަކުރީ ގްރޫޕް ބީ ގެ ސްޕޯރޓްސް ކްލަބް ހޮސްކޮވޯ އާއި ގޭދޮށު ޓީމެވެ. މި މެޗް 1-1 އިން ވަނީ އެއްވަރުވެފައެވެ. ގޭދޮށު ޓީމްގެ ލަނޑު ކާމިޔާބުކުރީ އަޙްމަދު ނަޝީދުއެވެ. ހޮސްކޮވޯ ގެ ލަނޑު ކާމިޔާބުކުރީ އިބްރާހިމް އާދަމްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ގޭދޮށުޓީމްގެ މޫސާ ނައިސާންއެވެ.

ހަވީރު ކުޅެވުނު ފުރަތަމަ މެޗްގައި ވާދަކުރީ ގްރޫޕް އޭ ގެ ސްޓެލްކޯ އާއި ކަންމަތި ސްޕޯރޓްސް ކްލަބެވެ. މި މެޗް 2-1 އިން ކާމިޔާބުކުރީ ސްޓެލްކޯއެވެ. ސްޓެލްކޯގެ ލަނޑުތައް ކާމިޔާބުކުރީ ސާމީ އާއި ޝައްމާޙްއެވެ. ކަންމަތި ގެ ލަނޑު ކާމިޔާބުކުރީ ޔައިޝްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސްޓެލްކޯ ޓީމްގެ އަޙްމަދު ޢަބްދުލްވައްޙާބެވެ.

ހަވީރު ކުޅެވުނު ދެވަނަ މެޗްގައި ވާދަކުރީ ސޮލައިދޫ އާއި ބްރޯކާސް އެވެ. މި މެޗް ތަފާތު ބޮޑުކޮށް 5-2 އިން ކާމިޔާބުކުރީ ސޮލައިދޫއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ސޮލައިދޫގެ މާހިލް ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ. ބާކީ ލަނޑުތައް ކާމިޔާބުކުރީ އަޒިޔާން، މާއިލް އަދި ރައްޔާންއެވެ. ބްރޯކާސް ގެ ލަނޑުތައް ކާމިޔާބުކުރީ ސަމްރޫދު އަދި ނަސީމްއެވެ. މި ދެ މެޗް ކާމިޔާބުކުރުމުން ސްޓެލްކޯ އާއި ސޮލައިދޫއަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ.

މި މުބާރާތުގެ ދެ މެޗް މާދަމާ ހަވީރުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މީޑިއާ ޕާރޓްނަރ އަކީ ހަލިނިއުސް އެވެ. ހަލިނިއުސް މެދުވެރިކޮށް މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެވޭނެއެވެ.

މި މުބަރާތުގެ ސްޕޮންސަރުންނަކީ:

ނަކާއި ރިޒޯޓްސް، ސްޓެލްކޯ، ހުޅުމާލެ ސޯމިލްސް، އާބަންކޯ، އެލިއާ އިންވެސްޓްމަންޓްސް، މަޑިހާ ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ، އެފް.އެސް.އެމް، ވައިޓް މާކަނާ ލޮޖް، ޖުޕިޓަރ ސަންރައިޒް ލޮޖް އަދި ކެފޭ ތާސީރެވެ.