ފަރެސްމާތޮޑާ ދާއިރާގެ އުފާފާގަތިކަމާއި، ތަރައްޤީ ޔަގީން ކުރުމަށް ޙުސައިން މުހައްމަދު ލަތީފަށް ވޯޓް ދެއްވާ

0

ފަރެސް މާތޮޑާ ދާއިރާގެ ތަރައްޤީ ޔަޤީން ކުރުމަށް ، މިހާރުވެސް ދާއިރާގެ މެމްބަރ ޙުސައިން މުޙައްމަދު ލަތީފަށް ފޯޓް ދެއްވުން ވަރަށް މުހިއްމުކަމުގައި އެދާއިރާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

Advertisement

ޙުސައިން މުހައްމަދު ލަޔީފަކީ ނިމިގެން މިދާ 5 އަހަރުގެ އެދާއިރާގެ މެމްބަރުވެސް މެއެވެ. ހުވަދު އަތޮޅުގައި އެއްވެސް އަޑެއް ނީވެ، ތަރައްޤީގެ ނަމުން މަހުރޫމުވެ އެކަހެރިވެފައިވާ، ފަރެސް މާތޮޑާ ދާއިރާގެ ނަން ތަރައްޤީގެ ލިސްޓަށް ގެނެސް ދެއްވައި، ދާއިރާގެ ނަން އެންމެން ފަރިތަ ނަމަކަށް ހަދައި ދިނުމަށް ޙުސައިން މުހައްމަދު ލަތީފް ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ވޭތުވެ ދިޔަ ދިގު ޒަމާންތަކުގައިވެސް ތަރައްޤީއަށް ދާއިރާއަށް އައިސްފައި ނުވާ އެތައް ތަރައްޤީއެއް އޭނާވަނީ ގެނެސް ދެއްވާފައެވެ. މިއީ ދާއިރާގެ ރައްޔިތުން، އެކަމާ ވަރަށް ބޮޑަށް އުފާކޮށް އޭނާ ދެވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބު ކުރަން ބޭނުންވާ އެންމެ ބޮޑު އެއްސަބަބެވެ.

ފަރެސްމާތޮޑާއ ދާއިރާގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއްކަމެއް ކަމުގައިވާ ނުވަތަ އެދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު ހުވަފެނެއް ގެ ގޮތުގައި ދެކެމުން އައީ އެދާއިރާގައި އެއާރޕޯޓެއް އެޅުމަމެވެ. އެކަން ހަގީގަތަކަށް ހެދުމަށްޓަކައި، ނިމިގެން މިދާ ދައުރުގައި ޙުސައިން މުހައްމަދު ލަތީފް ވަނީ ބޮޑެތި ގުރުބާނީތަކެއްވެފައެވެ. އެކަމަށް އެތަކެއް މަސައްކަތްތަކެއް ކޮށްފައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މި ދައުރު ނުނިމެނީސް އެއާރޕޯރޓްގެ މަސައްކަތް ފަށައި ރައްޔިތުން ހިނިތުން ކުރުވައި ދިންކަމެވެ. އިރާދަ ކުރެއްވިއްޔާ އެއާޕޯޓް ނިންމައި ރައްޔިތުންނާއި ހަމައަށް އެޚިދުމަތް ފޯރުކޮށްދިނުމަކީ ހުސައިން އެންމެ ބޮޑު އެއް އަމާޒެވެ.

ތަރައްޤީގެ ނަމަށް ބީރައްޓެހި ފަރެސްމާތޮޑާދާއިރާގެ 3 ރަށް ކަމުގައިވާ ފަރެސްމާތޮޑާ، ފިޔޯރީ، ރަތަފަންދޫއަށް  ގެނެސް ދެއްވާފައިވާ ތަރައްޤީގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ޙުސައިން މުހައްމަދު ލަތީފެވެ. މި އަހަރުވެސް ދާއިރާގެ 3 ރަށުގެ ތަރައްޤީގެ އެކި ކަންކަމުގައި ބަޖެޓްގައިވަނީ ފައިސާ ހަމަޖައްސައިދީފައެވެ. އެހެން ކަމުން ދާއިރާގެ ރައްޔިތުން ވަނީ ހުސައިން މުޙައްމަދު ލަތީފު އިތުރު ދައުރަކަށް ހޮވައި ދިނުމަށް އިންތިހާއަށް ބޭނުންވެފައެވެ.

ދާއިރާގެ އިންތިޚާބުގައި ވާދަ ކުރާ އެހެން ކެނޑި ޑޭޓުންނަކީވެސް ޤާބިލް ބޭފުޅުން ކަމުގައި ވީނަމަވެސް، ޙުސައިން މުހައްމަދު ލަތީފަކީ، އެކަމަށް އެންމެ އެކަށޭނަ ކެނޑިޑޭޓް ކަމަށް ގިނަ މީހުން ޤަބޫލުކުރާ ސަބަބުތައްވެސް އެބަހުއްޓެވެ.

މަޢުހަދުއްދިރާސާތުލް އިސްލާމިއްޔާ އިން ތަޢުލީމް ހާސިލް ކުރުމަށްފަހު، މިސްރުން ޑިގްރީ ހައްދަވައި، އިނގިރޭސި ވިލާތުން މާސްޓަރ ހައްދަވާފައިވާފައިވާ ހުސައިން އަކީ، ސަރުކާރުގެ އެކި އޮފީސްތަކުގައި މަސައްކަތްކޮށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވައްޓަފާޅިއާއި، ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. އަދި ސިޔާސީ ދާއިރާއާއި ނުލާހިކު ރައްޓެހި ކުޑައިރުއްސުރެ ސިޔާސީ މަސައްކަތުގެ މާހައުލުގައި އުޅެ ތަރުބިއްޔަތު ލިބިފައިވާ ފަރާތެކެވެ. އޭނާގެ ބައްޕައާއި، ޢާއިލާގެ ގިނަ މީހުންނަކީ ގިނަ ދުވަސްތަކެއްވަންދެން ސަރުކާރުގައި އުޅެ އެކަމުގެ ހުނަރާއި ޢިލްމު ލިބިފައިވާފަރާތްތަކެކެވެ. މަޑުމައިތިރި ކަމާއި، ކެތްތެރިކަމުގެ ލާމަސީލެއްކަމަށް ގިނަ މީހުން ޤަބޫލުކުރާ ހުސައިން މުހައްމަދު ލަތީފަކީ، އެދާއިރާއަށް ވާދަ ކުރާ އެކަމަށް އެކަށޭނަ އެންމެ ގާބިލް ޢިލްމީ ކެނޑިޑޭޓެވެ.

ފަރެސް މާތޮޑާއަށް އުފަން ފަރެސްމާތޮޑާއަށް ވޯޓް ލެވޭ އެދާއިރާގައި ޢާއިލާގެ ގިނަ މެމްބަރުން ދިރިއުޅޭ ދާއިރާއަކީ، ޙުސައިން މުހައްމަދު ލަތީފް އެންމެ ބޮޑަށް ޚިދުމަތް ކުރަން ބޭނުންވާ ދާއިރާއެވެ. ޒުވާން ވިސްނުމާއި، ޒުވާން ޚިޔާލާތުގެ އިތުރުން ސިޔާސީ ތަޖުރިބާ ހުރި ޒުވާންލޭހިނގާ މި ޒުވާނާއަކީ މިދާއިރާއަށް އެންމެ އެކަށޭނަ ކެނޑި ޑޭޓްކަން އެދާއިރާގެ ރައްޔިތުން ދަނީ ދައްކުވައި ދެމުންނެވެ.

މި ފަހަކަށް އައިސް ފަރެސްމާތޮޑާ ދާއިރާގެ 3 ރަށުގެ ތަރައްޤީއަށް ހިންގާފައިވާ ޕްރޮޖެކްޓް ތަކަށްބަލާއިރު، ކުރިމަގުގައި މިއަށްވުރެ ގިނަ މިއަށްވުރެ ރަނގަޅު ތަސައްވުރެއް ދާއިރާއަށް ގެނެސް ދިނުމަށް އޭނާވަނީ ޢަޒުމް ކަނޑައަޅާފައެވެ. ކަމެއް ކުރެވޭނީ ކަމުގެ ޢިލްމާއި ތަޖުރިބާ އަދި އެޚިޔާލާތު ހުރެގެން ކަމުގައިވާތީ އެކަން ހުރި ހަމައެކަނި ކެނޑިޑޭޓަކީ ޙުސައިން މުހައްމަދު ލަތީފެވެ.

ހަގީގަތަކީ މިއީ ކަމުގައިވާއިރު ފަރެސްމާތޮޑާ ދާއިރާގެ  އުފާފާގަތިކަމާއި، ތަރައްޤީ ޔަގީން ކުރުމަށް ޙުސައިން މުހައްމަދު ލަތީފަށް ވޯޓް ދެއްވުމަށް ދާއިރާގެ ގިނަ ޒުވާނުންނާއި، އިސްރައްވެހިން އަދި ދުވަސްވީ މީހުން ގެންދަނީ ބުރަމަސައްކަތްކެއް ކުރަމުންނެވެ. ފަރެސްމާތޮޑާ ދާއިރާއިން ގުގުމަމުން ދަނީ އެއް އަޑެވެ. އެއީ، ” ތިމަންނަމެން ބޭނުންވަނީ ޙުސައިން މުހައްމަދު ލަތީފް” މިހެންނެވެ.

 

Advertisements