އިޓަލީ ގައުމީ ޓީމުގެ ކުރީގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ ޕިރްލޯ، ދެވަނަ ޑިވިޜަނަށް (ސީރިއޭ ބީ) މިފަހަރު ރެލިގޭޓްވި ސަމްޕަޑޯރިއާގެ ކޯޗް ކަމުގެ މަގާމަށް ހަމަޖައްސައިފިއެވެ.
އިޓަލީ ގައުމީ ޓީމާއެކު 2006 ވަނަ އަހަރުގެ ވަރލްޑް ކަޕް ކާމިޔާބު ކުރި ޕިރްލޯ، ސަމްޕަޑޯރިއާގެ ކޯޗް ކަމާ ހަވާލުވީ 2 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ މަސައްކަތަކަށް ވާނީ ކުރިއަށް އޮތް ސީޒަނުގައި ސަމްޕަޑޯރިއާ ގޮވައިގެން ފުރަތަމަ ޑިވިޜަނަށް އެރުމެވެ.
ޕިރްލޯ،44، ގެ ކޯޗިންގ ކެރިޔަރަށް ބަލާއިރު، ކޯޗިން ކެރިޔަރ ޕިރްލޯ ފެށީ 2020 ވަނަ އަހަރު ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުންނެވެ. އެއަށްފަހު ޔުވެންޓަސްގެ ސީނިއަރ ޓީމަށް 2022-2021 ސީޒަނުގައި އިރުޝާދު ދިނީވެސް ޕިރްލޯއެވެ. ޕިރްލޯގެ އިރުޝާދުގެ ދަށުން 2020 ވަނަ އިޓާލިއަން ސްޕަރ ކަޕާއި 2021 ވަނަ އަހަރުގެ ކޮޕާ އިޓާލިއާ ޔުވެންޓަސްއިން ކާމިޔާބު ކުރިއެވެ. މިދިޔަ ސީޒަން ޕިރްލީ ހޭދަކުރީ ތުރުކީ ސްޕަރ ލީގުގެ ފާތިހް ކަރަގުމްރުކުގައެވެ. ސީޒަން އެޓީމުން ނިންމާލީ ލީގުގެ 7 ވަނައިގައެވެ.