ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ އުފަން ރަށަށް ޅ. ހިންނަވަރަށް މިއަދު ވަޑައިގެންފިއެވެ. މިއީ ރައްޔިތުންނާއެކު އީދު ފާގަހަކުރެއްވުމަށް އެމަނިކުފާނު ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.

އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށްހޫނު މަރުހަބާ ދަންނަވާފައެވެ. ޢީދު ދުވަހު ރައީސް ޞާލިހުވަނީ އއ. ތޮއްޑުއަށް ވަޑައިގެން އެރަށު މީހުންނާއެކު ޢީދުގެ އުފަލުގައި ބައިވެރިވެ ވަޑައިގެންފައެވެ. އެއަށްފަހު އެރަށުގެ އަންހެެނުންގެ ތެރެއިން ބައެއް މީހުންނާ ރައީސް ބައްދަލު ކުރެއްވިއެވެ. އެ ބައްދަލުކުރެެއްވުމުގައި އެމީހުން ވަނީ އެރަށުގައި ފެންވަރު ރަނގަޅު ވޯލީ ކޮޓެއް އަޅުއްވައި ދެއްވުމަށް އެދި ރައީސަށް ދަންނަވައިފައެވެ. ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަވައިގެން އެކަން ކޮށްދެއްވުމަށް މަަސައްކަތް ކޮށްދެއްވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ހިންނަވަރަށް ކުރައްވާ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ސަރުކާރު ހުޅުވަންވާއިރަށް މާލެ ވަޑައިގަންނަވާނެއެވެ.