މާލެސިޓީ ކައުންސިލުން މާލޭގެ 14 މަގެއްގައި ހަލާކުވެފައިވާ ކާނުމަތި ތަކުގެ ތެރެއިން 174 ކާނުމަތި ބަދަލުކޮށްފިއެވެ.

މާލެސިޓީ ކައުންސިލް ވިދާޅުވީ އެ ކައުންސިލްގެ އާންމު ޚިދުމަތްތަކާއިބެހޭ ބައިން މާލޭގެ މަގުތަކުގައި ހަލާކުވެފައިވާ ކާނުމަތިތައް ދެނެގަތުމުގެ ތެރެއިން މިހާތަނަށް 239 ކާނުމަތި ހަލާކުވެފައިވާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

އޭގެތެރެއިން 174 ކާނުމަތި މިހާތަނަށް ވަނީ ބަދަލުކުރެވިފައި ކަމަށާއި .އަދި ފާހަގަ ކުރެވުނު ކާނުތަކުގެ ތެރެއިން 65 ކާނުމަތި ބަދަލު ކުރަންޖެހޭ ކަމަށާއި އެކަންވެސް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާނެ ކަމަށް އާންމު ޚިދުމަތްތަކާއި ބެހޭ ބައިގެ މަސައްކަތްތަކާއި ހަވާލުވެ ހުންނެވި ކައުންސިލަރ އާދަމް ރަމީޒް ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުން ކާނުމަތިތައް ބަދަލުކުރި14 މަގަކީ:

  • އަމީރު ޢަހްމަދުމަގު (ނަސަންދުރަ ކައިރި)
  • ކޮއިމަލާ ހިނގުން (މާލެހިޔާ 2 ކައިރި)
  • ބުރުޒުމަގު (ޝަމްރަތު ކައިރި)
  • ވައިދެރި ހިނގުން
  • ޗާންދަނީ މަގު
  • ކަޅުހުރާ މަގު
  • އިރުދޭމާ ހިނގުން
  • އަބަދަށްއުފާ މަގު
  • ލޮނުޒިޔާރަތް މަގު
  • ޖަނަވަރީމަގު
  • މުތީގޯޅި
  • ކާސިންޖީމަގު
  • ބޮޑުތަކުރުފާނު މަގު
  • ރިންގް ރޯޑް

ހަތަރުވަނަ ދައުރުގެ ކައުންސިލުން މާލެސިޓީގެ މުނިސިޕަލް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މާލެސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ހިތްފަސޭހަ މަގުތަކަކަށް ހެދުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.