އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައވާ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ

އެކުންފުނިން ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ ދަށުން، 24,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 430 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމާ އަދި 7,171 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

\ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 21.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ