ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ރާއްޖެ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ މިނިސްޓަރ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށެވެ.

މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހަމަޖެއްސެވި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްވެސް ވަނީ މިއަދު ރާއްޖެ ވަޑައިގެންފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނީ މި މަހުގެ 07 އިން ފެށިގެންނެވެ.

ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް:

  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް – 07 ޖުލައި 2023
  • މޯލްޑިވްސް ޙައްޖުކޯޕަރޭޝަން ލިމިޓެޑް – 07 ޖުލައި 2023
  • މޯލްޑިވްސް ޙައްޖުކޯޕަރޭޝަން ލިމިޓެޑް – 10 ޖުލައި 2023
  • ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް – 11 ޖުލައި 2023
  • އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – 11 ޖުލައި 2023
  • އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – 12 ޖުލައި 2023
  • މޯލްޑިވްސް ޙައްޖުކޯޕަރޭޝަން ލިމިޓެޑް – 14 ޖުލައި 2023