ކައްދޫ އެއަރޕޯރޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ސ.މަރަދޫ ފޭދޫ، ލަކްސަމީވިލާ ކާނަލް އަޙުމަދު ޝަރީފު އައްޔަންކޮށްފިއެވެ.

މިމަގާމަށް ކާނަލް އަހުމަދު ޝަރީފް އައްޔަން ކޮށްފައިވަނީ 22 ޖޫން 2023 ވަނަ ދުވަހުއެވެ. އަދި މަގާމު ހަވާލުކުރިކަމުގެ ލިޔުން އެރުވިފައިވަނީ 22 ޖޫން ވީ ބުދަ ދުވަހު މިނިސްޓަރީ އޮފް ފިނޭންސްގައެވެ. ކާނަލް އަހުމަދު ޝަރީފު މަގާމަށް އައްޔަން ކުރިކަމުގެ ލިޔުއްވުން ހަވާލުކޮށްދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް އަލްފާޟިލް އާސިމް މުހައްމަދެވެ.

އެމެރިކާގެ މެރިންކޯ ޔުނިވަރސިޓީއިން މާސްޓާސްއިން މިލިޓަރީ ސައިންސް ހާސިލު ކުރެއްވުމުގެ އިތުރަށް ކާނަލް އަހުމަދު ޝަރީފަކީ ދުނިޔޭގެ އެކި ގައުމުތަކުގެ މިލިޓަރީ ދާއިރާއިންނާއި މެނޭޖުމަންޓް ދާއިރާތަކުން ތަމްރީނުލިބިވަޑައިގެންފައިވާ ބޭފުޅެއްވެސްމެއެވެ. މީގެ ކުރިން އަހުމަދުޝަރީފް ވަނީ އެމްއެންޑީއެފްގެ އެކި މަގާމުތަކާއި އަދި ކައްދޫ އެއާޕޯޓު ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންޑިރެކްޓަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.