މޮސްކޯ، ޖުލައި 4. /ޓާސް/. ރަޝިޔާއާ ދެކޮޅަށް ޔޫކްރޭނުން ފަށާފައިވާ ކައުންޓަރ އޮފެންސިވް ނިމުމުގެ ކުރިން އެފް-16 ފައިޓަރ ޖެޓް އެގައުމަށް ނުދޭނެ ކަމަށް ނޭޓޯގެ އަސްކަރީ ކޮމިޓީގެ ޗެއާ ރޮބް ބައުއާ މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ އެލްބީސީ ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި އެޑްމިރަލް ވިދާޅުވީ އެފް-16 ފައިޓަރ ޖެޓާއި ގުޅޭ މަޝްވަރާއަކީ މުހިންމު މަޝްވަރާއެއް ކަމަށާއި "ކުރު މުއްދަތެއްގެ ތެރޭގައި އެކަން ހައްލު ނުވާނެ" ކަމަށެވެ.

އަދި ޔޫކްރޭނުން ފަށާފައިވާ ކައުންޓަރ އޮފެންސިވް ނިމުމުގެ ކުރިން ފައިޓާ ޖެޓް ދުއްވަން ތަމްރީން ކުރާ ޕައިލެޓުންނާއި ޓެކްނީޝަނުންނަށް ތަމްރީނު ފޯރުކޮށްދެވެން ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެމެރިކާގައި އުފައްދާފައިވާ އެފް-16 އުދުހުމަށް ޔޫކްރޭންގެ ޕައިލެޓުންނަށް އެއްވެސް ތަމްރީނެއް އަދި ފެށިފައި ނުވާއިރު، ނޭޓޯ އާއި ހުޅަނގުގެ މަދަދަށް ބަރޯސާ ވާންޖެހޭތީ މިހާލަތުގައި ހުޅަނގަށް ޕްރެޝަރު ކުރަން ޔޫކްރޭނުން ބޭނުން ނުވާކަމަށް ޔޫކްރޭންގެ ވައިގެ ސިފައިންގެ ތަރުޖަމާނު ޔޫރީ އިގްނާޓް ކުރިން ވިދާޅުވި އެވެ.

ޔޫކްރޭނުގެ މަޝްރަޚް ދިރާސާ ކުރައްވާ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ ޔޫކްރޭނުން ތައްޔާރު ވަމުން ދަނީ ކުރިއަށް އޮތް ފިނިމޫސުން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ރަޝިޔާގެ އަމާޒުތަކަށް ހަމަލާ ދެވޭވަރަށް އެފް-16 ފައިޓަރ ޖެޓް ފްލީޓް ތައްޔާރު ކުރުމަށެވެ.

ރަޝިޔާއިން ބުނެފައި ވަނީ ޔޫކްރޭނަށް އެފް-16 ފައިޓަރ ޖެޓް ވިއްކާ ކޮންމެ ގައުމަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ޢިއުލާން ކުރި ގައުމެއް ކަމަށް ބަލާނެ ކަމަށާއި މިކަމަށް ރައްދު ދޭނީ ވައިގެ ތެރޭގައި ކަމަށެވެ.