މާލޭ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ވަރަށް މުހިންމު ކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބޯހިޔާވަހި ކަމަކީ އެޔާ ނުލައި އެއްވެސް ބަޔަކަށް އުޅެވެން އޮތް ވަސީލަތެއް ނޫން ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ މިވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވަމުން ފެށްޓެވުމުން އެކަން ސިޔާސީކޮށް އެކަމަށް ހުރަސް އަޅަން އެއްވެސް ބަޔަކު މަސައްކަތް ނުކުރަން އެދޭ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށްވެސް އެޔާ ނުލައި އުޅެވެންއޮތް އެއްޗެއް ނޫން. މާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ލިބުން ވަރަށް މުހިންމު. އެއްވެސް ބޭފުޅަކު ސިޔާސީ ބޭނުމަށް އެކަމަށް ހުރަސް އަޅުއްވަން މަސައްކަތް ނުކުރެއްވުން އެދެން،" ޝަރީފް ވިދާޅުވެފައިވެއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ވަޢުދެކެވެ. އެގޮތުން މާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއް ވަރަށް ފަހުން ސަރުކާރުން ވަނީ އާންމުކޮށް އިއުލާން ކުރައްވައިފައެވެ. އެލިސްޓާ އެއްގޮތަށް އަންނަ މަހުން ފެށިގެން މީހުންނަށް ގޯތި ދޫކުރައްވާ ގޮތަށް ސަރުކާރުން މިހާރުވަނީ ނިންމަވައިފައެވެ.