މި އަންނަ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ޕާޓީ ތަކުގައި ތިބި މީހުންގެ އަދަދު އިއްޔެގައި އިއުލާން ކޮށްފިއެވެ.

އިއްޔެގައި އިލެކްޝަން ކޮމިޝަން (އީސީ)އިން ކުރި އިއުލާނުގައި ވަނީ މިދިޔަ ޖޫން މަހުގެ ނިޔަލަށް މުޅި ޖުމްލަ 158،097 މީހުން ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. އެއީ މުޅި ޖުމްލަ 9 ޕާޓީއެވެ. އެއީ:

  1. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) 58،035 މެންބަރުން
  2. އަދާލަތު ޕާޓީ (އޭ.ޕީ) 9،595 މެންބަރުން
  3. ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) 22،705 މެންބަރުން
  4. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) 38،831 މެންބަރުން
  5. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) 10،227 މެންބަރުން
  6. މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) 3،014 މެންބަރުން
  7. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) 3،139 މެންބަރުން
  8. މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) 2،892 މެންބަރުން
  9. މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) 9،729 މެންބަރުން

އެގޮތުން އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރަނީ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ.

އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރަނީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ދެ ޕާޓީއަކީ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމްއެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް ވަނީ އިއުލާން ކުރައްވައިފައެވެ.