މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން، 50 މޭލަށް ވައި ގަދަވެ ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދު ހިމެނޭ އަތޮޅުތަކަށެވެ.
މީގެއިތުރުން، މެޓު އޮފީހުން ވިދާޅުވީ ބޯކޮށް ވާރޭވެހި، 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށެވެ.
މި ސަމާލުގެ މުއްދަތު ހަމަވާނީ މެންދުރު 15:00 އަށެވެ.
މި ދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯވެސް ވިއްސާރަވާ ދުވަސްވަރެކެވެ. އެހެންކަމުން ވިއްސާރަ ދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.