މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ އަންހެނުންގެ ކައުންސިލް މެންބަރުކަމަށް ނަޒީރާ އިބްރާހީމް ހޮވައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝާހު އިސްމާއިލް ވަނީ އައްޔަންކޮށްފައެވެ. މީގެއިތުރުން އިތުރު އެހެން ބޭފުޅުން ވެސް ވަނީ މަގާމުތަކަށް އައްޔަންކޮށްފައެވެ.

އެމްޑީއޭގެ މަގާމުތަކަށް އެކި ފަރާތްތައް އައްޔަންކޮށްފައި ވަނީ އެމްޑީއޭގެ ގައުމީ މަޖިލީހުން އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެމްޑީއޭގެ މި ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ހުސްވެފައިވާ އެކި މަގާމުތަކަށް މީހުން އައްޔަންކޮށްފައެވެ. އަދި، މިއީ އެ ޕާޓީއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ފަހު ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުންވާ ތައްޔާރީތަކުގެ ތެރެއިން ކޮށްފައިވާ މުހިންމު މަސައްކަތެކެވެ.