މޮސްކޯ، ޖުލައި 7، /ޓާސް/. ރަޝިޔާ އިނދަ ޖައްސާލުމަށް ބައެއް ގައުމުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިކަމާ ރަޝިޔާއިން ކެރިގެން ކުރިމަތިލައި އެގައުމުތައް ބަލިކުރައްވާނެ ކަމަށް ވިދާޅުވެ ނުސީދާކޮށް ނޭޓޯގެ ގައުމުތަކަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހުކުރު ދުވަހު ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ރައީސް ޕުޓިން މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ގެއްލުން ބޮޑު ކްލަސްޓަރ ބޮން ރަޝިޔާއާ ދެކޮޅަށް ބޭނުން ކުރުމަށް ޔޫކްރައިނަށް ފޮނުވުމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ނިންމިތާ 24 ގަޑިއިރު ނުވެ އުޅެނިކޮށެވެ.

ކްލަސްޓަ ބޮމަކީ ކުދި އެތައް ބޮމެއް އޭގެ ތެރޭގައި ހިމެނޭ ބޮޑު އެއްބޮމެވެ. ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުން ވަނީ ހަނގުރާމަތަކުގައި ކްލަސްޓަރ ބޮން ބޭނުން ކުރުން މަނާކަމަށް އިއުތިރާފުވެފައެވެ. އެކަމަކު އެމެރިކާއިން ވަނީ އަފްގާނިސްތާނާ ދެކޮޅަށް 2001 އިން 2021 އަށް ހިންގި ހަނގުރާމަ އާއި އިރާގާ ދެކޮޅަށް 2004 ވަނަ އަހަރު ކުރި ހަނގުރާމައިގައި ކްލަސްޓާ ބޮން ބޭނުން ކޮށްފައެވެ.

"މިއަދު އަޅުގަނޑުމެން މި ފޯކަސް ކުރަނީ ވަކި ގައުމުތަކުން [ނެޓޯ ގައުމުތައް] ރަޝިޔާއަށް ކުރިމަތި ކުރަމުންދާ ދަތިތައް ހައްލުކުރުމަށް ރަޝިޔާގެ ކަމާ ގުޅޭ އިދާރާތަކުން އަޅަމުންދާ އަދި އަޅަންޖެހޭ ފިޔަވަޅުތަކަށް. މިހާތަނަށް އައިއިރު އެގައުމުތަކުން [ނޭޓޯ ގައުމުތައް] ރަޝިޔާއާ ދެކޮޅަށް ހާސިލް ކުރަން ބޭނުންވާ އެއްވެސް ކަމެއް ހާސިލް ކުރެވިފައެއް ނުވާނެ. އެމީހުންނަށް ރަޝިޔާއާ ދެކޮޅަށް ހަރުދަނާ އެންމެ ކަމެއްވެސް ނުކުރެވޭ. އަދި ރަޝިޔާއާ ދެކޮޅަށް އެމީހުން [ނެޓޯ ގައުމުތަކަށް] ކާމިޔާބު ނުހޯދޭނެކަން ޔަގީން" ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ޕޫޓިން ވިދާޅުވިއެވެ.

ޕުޓިން ފާހަގަކުރެއްވި ގޮތުގައި ރަޝިޔާއާ ދެކޮޅަށް މިހާރު ހިންގަމުން އަންނަ "ކަންތައްތަކަށް ހޭލުންތެރިވާން ޖެހެ އެވެ."

ގަވާއިދުން ބާއްވާ ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ މިބައްދަލުވުމުގައި ފެޑެރޭޝަން ކައުންސިލްގެ ރައީސް ވެލެންޓިނާ މަޓްވިއެންކޯ، ސްޓޭޓް ޑޫމާގެ ރައީސް ވިޔަޗެސްލާވް ވޮލޮޑިން، ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލައި ޕަޓްރޫޝެވް، ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ޑިމިޓްރީ މެޑްވެޑެވް، ރިޔާސީ އެގްޒެކެޓިވް އޮފީހުގެ ޗީފް އޮފް ސްޓާފް އެންޓަން ވައިނޯ، ޑިފެންސް މިނިސްޓަރު ސާގޭ ޝޮއިގޫ، ފެޑެރަލް ސެކިއުރިޓީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ ސާވިސް ޑިރެކްޓަރު އެލެގްޒެންޑަރ ބޯޓްނިކޯވް އާއި ފޮރިން އިންޓެލިޖެންސް ސާވިސްގެ ޑިރެކްޓަރު ސާގޭ ނަރިޝްކިން އަދި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން، އިކޮލޮޖީ އެންޑް ޓްރާންސްޕޯޓްގެ ހާއްސަ ޕްރެޒިޑެންޝަލް ރެޕްރެޒެންޓޭޓިވް ސާގޭ އިވާނޯވް ބައިވެރިވެވަޑައިގެންނެވިއެވެ.