ދުބާއީ، ޖުލައި 11، /ޓާސް/: ނިއުކްލިއާ ހަކަތައާ ބެހޭ ދާއިރާއިން އެއްބާރުލުން ދިނުމަށް ރަޝިޔާ އާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ މެމްބަރު ގައުމުތަކުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މިކަން ހާމަ ކުރީ އިއްޔެ ރަޝިޔާގެ މަސްޢޫލު ވެރިންނާއެކު ގަލްފް ކޯޕަރޭޝަން ކައުންސިލް މެމްބަރުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވެއްވި ވަޒީރުންގެ ބައްދަލު ކުރެއްވުމަށްފަހު އެކައުންސިލުން ނެރުނު ބަޔާނެއްގައިވެ އެވެ

"އެޓޮމިކް ހަކަތަ، ނިއުކްލިއާ ސެކިއުރިޓީ، ކަރަންޓް ސިނާއަތް، ހަކަތަ ރައްކާތެރިކުރުމާއި، އިއާދަކުރަނިވި ހަކަތައާއި، ފެހި ހައިޑްރޯޖަން އުފެއްދުމުގެ އިތުރުން ލޯ ކާބަން ސާކިއުލާ އިގްތިސާދުގެ ޓެކްނޮލޮޖީތައް ސުލްހަވެރިކަމާއެކު ބޭނުންކުރުމުގައި އެއްބާރުލުން ހަރުދަނާކުރުމަށް ރަޝިޔާ އާއި ގަލްފް ކޯޕަރޭޝަން ކައުންސިލުން ވަނީ އެއްބަސްވެފައި. މަޤްސަދަކީ ޖައްވަށް ދޫކުރާ ވިހަ ގޭސް ބޭރުކުރުން މަދުކުރުން،" ކައުންސިލްގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނުގައިވެ އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލްގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާ އާއި ގަތަރު، ޔޫއޭއީ، ބަހްރައިން، ކުވައިތު އަދި އޮމާނެވެ.