އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު ސްކޫލުގެ ދަރިވަރުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ފަޔަރ އެވެއާނަސް ކުލާހެއް ހިންގައިފިއެވެ. މި ކުލާސް ހިންގާފައިވަނީ އިއްޔެ އެ ސްކޫލުގައެވެ.

މި ފަޔަރ އެވެއާނަސް ކުލާހަކީ ސ. އަތޮޅު ސްކޫލުންޫލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ރަންނަމާރި އެކްސަސައިޒް" ގައި ބައިވެރިވި ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުނު ކުލާހެކެވެ. މި ކުލާހުގައި ދަރިވަރުންނަށް އަލިފާނުގެ ހާދިސާއެއް ހިނގުމުން ހަރަކާތްތެރިވާނެގޮތާ ގުޅޭ މަޢުލޫމާތު ދީފައިވެއެވެ. އަދި ހަމައެއާއެކު، ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތުގެ ތަމްރީނުވެސް ދަރިވަރުންނަށް ދީފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

މި މުހިންމު ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ. މިިފަދަ ކުލާސްތައް ހިންގުމުގެ މަޤްޞަދަކީ ދަރިވަރުންގެ މެދުގައި އަލިފާނުގެ ހާދިސާތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކޮށް، އެފަދަ ަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ކުލާހުގެ ސަބަބުން ސ. އަތޮޅު ސްކޫލުގެ ދަރިވަރުންނަށް އަލިފާނުގެ ހާދިސާތަކާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ލިބި، އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދަސްވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.