މޯލްޑިވްސް ޕްސްޓް ލިމިޓެޑުގެ އީ-ޓުކުރީގެ މޯބައިލް އެޕް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު މިރޭ ހަމަ ޖެހިފައިވާ ކަމަށް އީޓުކުރިން ބުނެފިއެވެ.

މި ރަސްމިއްޔާތު އޮންނާނީ މިރޭ (13 ޖުލައި 2023) 8:30 ގައި މީރުމާގެ ހޯލްގައެވެ.

އީޓުކުރިއަކީ އާންމު ދިރިއުޅުމުގައި ބޭނުންވާ ހުރިހާ މުދަލެއް އެއްތަނަކުން އޮންލައިންކޮށް ހޯދުމަށް ފަރުމާކޮށްފައިވާ ވިޔަފާރި ޕްލެޓްފޯމެކެވެ.

ރާއްޖޭގެ ކުޅަދާނަ ފަންނުވެރިންގެ އުފެއްދުންތަކާއި، ބަދިގެ ސާމާނާއި، އަންނައުނާއި ރީތިވާ ސަމާނުގެ އިތުރުން މޯބައިލް ފޯނާއި އެކްސެސަރީސް އީ-ޓުކުރި މެދުވެރިކޮށް ލިބޭނެއެވެ.

އޭގެ އިތުރުން މާލޭގެ މަޝްހޫރު ފިހާރަތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށް ހިންގާ މަޝްހޫރު ޝޮޕް ތަކުން ވިއްކާ މުދާ ވެސް މި ޕްލެޓް ފޯމު މެދުވެރިކޮށް ލިބޭނެއެވެ.