2018ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވިއރު ގުޅީ ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތަކުން ތާއީދު ލިބިވަޑައިގެންނެވިކަަމށާއި އެދުވަހު ވީ ވައުދުތަކުގެ ނުވަދިހައިން ސައްތައަށްވުރެ ބޮޑު ބައެއް ނިމެމުންދާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުވިދާޅުވެއްޖެއެވެ.ރައީސް މިހެން ވިދާޅުވީ މިއަދު ގުޅީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކައިގައި ވިދާޅުވީ ރައްޔިތުން އެދުނު ފަދައިން ރާއްޖޭގެ މާހައުލު އަމާންކޮށް ހަމަޖެހުން ގެނެސްދީ، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެށިމަސައްކަތް އިރާދަކުރެއްވިއްޔާ މިހާރުދަނީ ކުރިއަށްކަމަށެވެ.

ކުރިމަތިވި ދަތިތައް ވަރަށް ގިނަ ކަމަށާއި ހާއްސަކޮށް ކޮވިޑުގެ އާލަމީ ވަބާގައި މުޅި ދުނިޔެ ހުއްޓުމަކަށް އައިސް މުޅި ރާއްޖެއަށް އެދިމާވި އިގްތިގިސާދީ ދަތިކަމާއެކުގައި ކެތްތެރިކަމާއެކު އެނިންމި އެނިންމުންތަކުގެ އަލީގައި އިރާދަކުރެއްވިއްޔާ މިއަދު މިއޮތީ އަމާންބަނދަރަކަށް އާދެވިފައި ކަމަށް ރައީސްވިދާޅުވިއެވެ.

"މިތިއްބެވި ވިޔަފާރިވެރިންގެ ތެރެއިން އޭރު އިސްކޮށް ތިއްބެވި ބޭފުޅުން އެންމެ ފުރަތަމ ބައްދަލުކުރި ބަޔަކީ ޓޫރިޒްމްދާއިރާގެ އިސްބޭފުޅުން ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ބޭފުޅުންނާ ބައްދަލު ކުރިން، ނެގި ކޮންމެ އެޅި ކޮންމެ ފިޔަވަޅެއް ނިންމި ނިމުންމެއް ނިންމީ ހުރިހާ ބޭފުޅުންނާ މަޝްވަރާކޮށްފައި ހުރިހާ އެންމެނަށް ހާއްސަކޮށް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަމަށް،"

މިއަދު އަނެއްކާވެސް ހަމައެގޮތަށް ގުޅީ ރައްޔިތުންނާ ބައްދަލުކުރަން ވަޑައިގެން އެހުންނެވީ އެދުވަހު ވީ ވައުދުތަކާއެއްގޮތަށް އޭގެ ނުވަދިހައިން ސައްތައަށްވުރެ ގިނަ ވައުދު މިހާރު ފުދިނިމެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެވަޑައިގެންނެވި ވައުދުތަކުގެ 90އިންސައްތައަށްވުތެ ބޮޑުބައި ފުރިހަމަވެފައިވާ ކަމަށާއި މުޅި ރާއްޖޭގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ ބޮޑު މަޝްރޫއު އެދަނީ ކުރިއަށް ކަމަށާއި ބަނދަރުތައް، ފުޓްބޯޅަދަނދުތައް، ވޮލީކޯޓުތައް، ނެޓްބޯލް ކޯޓުތައް، ބެޑްމިންޓަންކޯޓުތައް އަޅަމުން ކަމަށެވެ. އަދި ސިއްހީ ހިދުމަތް ރަށުގައި ތިބެގެން ލިބޭގޮތް ހެދެމުން ދާއިރު، ސުކޫލުތަކުގެ ފެންވަރުމަތި ކުރެވިއްޖެ ކަމަށާއި ސްޓޫޑަންޓްލޯނު ދޫކުރެވި، ސޯޅަހާހަށްވުރެ ގިނަދަރިވަރުން މަތީތައުލީމަށް ހިލޭ ކިޔަވަމުންދާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.