ވިލްނިއަސް (ޖުލައި 14) - ހަނގުރާމަ މަތީ މަތިންދާބޯޓް އެފް-16، ތުރުކީއަށް ވިއްކުމަށް އެމެރިކާއިން ބޭނުންވާ ކަމުގެ ފެހި ސިގްނަލް ރައީސް ޖޯ ބައިޑަން ދެއްވައިފިއެވެ.

އެފް-16 މަތިންދާ ބޯޓާއި ގުޅޭ ގޮތުން ތުރުކީއަށް ބައިޑަން އުއްމީދެއް ދެއްވީ ލިތުއޭނިއާގައި އިއްޔެ ނިމުނު ނޭޓޯ ސަމިޓުގެ ތެރެއިން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް އުރުދުޣާން، ބައިޑަންއާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ވިދާޅުވީ އެމެރިކާއިން އެފް-16 ފަޔަރ ޖެޓްތައް ތުރުކީއަށް ވިއްކާނެ ކަމާމެދު "ކުރިއަށް ވުރެ ބޮޑު އުއްމީދެއް" ލިބިވަޑައިގެންފި ކަމަށެވެ.

އެފް-16 ބޯޓްތުތައް ތުރުކީއަށް ވިއްކުމަށް އުއްމީދީ ވާހަކަފުޅުތަކެއް ރައީސް ބައިޑެން ދެއްވާފައި މިވަނީ، ނޭޓޯގެ މެމްބަރު ގައުމަކަށް ސްވިޑަން ހެދުމަށް އޮތް ހަމައެކަނި ހުރަހަކީ ތުރުކީ ކަމުގައި ވެފައި ވަނިކޮށެވެ. މީގެ އިތުރުން ނޭޓޯގެ މެމްބަރު ގައުމަކަށް ޔޫކްރޭން ހެދުމަށް ތުރުކީއިން ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލާފައެވެ.

ބައިޑަންގެ ވެރިކަމުގައި އެފް-16 ޖެޓްތުތައް އެމެރިކާއިން އެހެނިހެން ގައުމަތަކަށް ވިއްކަމުން ދާނީ ކޮންގްރެސްއާ މަޝްވަރާކޮށްގެން އެމެރިކާގެ ގައުމީ ސަލާމަތުގެ މުޝީރު ޖޭކް ސުލިވާންގެ ބެއްލެވުމުގެ ދަށުންނެވެ.