ޗެލްސީއަށް ކުޅެމުންދިޔަ އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕްލިސިކް ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް އަދި ވިޔަރެއާލްގެ ސެންޓަރ ބެކް ޕައު ޓޮރޭސް އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަންވިލާއަށް ސޮއި ކޮށްފިއެވެ.
އެމެރިކާގެ ކުންފުންޏަކުން ހިންގަމުން އަންނަ އޭސީ މިލާނުން ޕްލިސިކް ގަތީ 20 މިލިޔަން ޕައުންޑަށެވެ. މިލާނާއެކު ޕްލިސިކް ހެދި އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން 30 ވަނަ ދުވަހުއެވެ.
ޕްލިސިކް،24، ޗެލްސީއާ ގުޅުނީ 2019 ވަނަ އަހަރު ޖަރުމަނުގެ ބްރޯޝިޔާ ޑޯޓްމަންޓް ދޫކޮށްލުމަށްފަހުއެވެ. ޗެލްސީއާއެކު ޕްލިސިކް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއިި ޔުއެފާ ސްޕަރ ކަޕާއި ކްލަބް ވަރލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.
ސްޕެއިން ގައުމީ ޓީމުގައިވެސް ހިމެނޭ ވަރުގަދަ ޑިފެންޑަރު ޕައު ޓޮރޭސް، އެސްޓަންވިލާއަށް ސޮއި ކުރީ 31.5 މިލިޔަން ޕައުންޑަށެވެ. ޕައު ޓޮރޭސް، އެސްޓަންވިލާއަށް ގެނައުމުގެ މޭސްތެރިޔަކީ އޭނާއަށް ވިޔަރެއާލްގައި އިރުޝާދުދިން އަދި މިދިޔަ ސީޒަނުގެ މެދުތެރެއިން ވިޔަރެއާލް ދޫކޮށް އެސްޓަންވިލާއާ ގުޅުނު ސްޕެއިނުގެ ތަޖުރިބާކާރު ކޯޗް އެމެރީއެވެ.
ވިޔަރެެއާލްއިން 2021 ވަނަ އަހަރު ޔުއެފާ ޔުރޮޕާ ލީގް ކާމިޔާބު ކުރި އެޓީމުން އެންމެ ބޮޑަށް ފާހަގަވި އެއްކުޅުންތެރިޔަކީ ޕައު ޓޮރޭސްއެވެ. އޭރު އޭނާ ގެންދިޔުމަށް ބާސެލޯނާ އާއި މެންޗެސްޓަރ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅު ކުރިއެވެ.