ފަލަސްޠީނު މީހުންގެ ނަސްލު ނައްތާލުމަށް ހަތިޔާރު ދީ މެދުއިރުމަތި ސުންފާތިކޮށް ޕްރޮކްސީ ހަނގުރާމައެއް ހިނގަމުން ދަނީއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އިޒްރޭލަށް ވަޑައިގެންފިއެވެ. ރޭވިފައިވާ ގޮތަށް ޖަރީމާތައް ހިންގަމުން ދޭތޯ ކަށަވަރު ކުރަން ބާވައެވެ؟

އިޒްރޭލުން ދަނީ އެމެރިކާއިން ދިން ހަތިޔާރުން ޣައްޒާއިން ފަލަސްތީނު ނަސްލު ސާފުކޮށްލުމަށް އަތް ފުނާއަޅަމުންނެވެ.

ލުބުނާންގައި އާންމުން ދިރިއުޅޭ ބިލްޑިންގތަކާއި ހަސްފަތާލަށްވެސް ބިރަކާ ނުލައި ބޮން އަޅަމުން ދަނީ އެވެ.

ހަސްފަތާލަށް ޒަޔަނިސްޓު އިޒްރޭލުން އެމެރިކާއިން ދީފައިވާ ހަތިޔާރުން ދިން ހަމަލައަކީ އިންސާނިއްޔަތުވެސް އެއަށް ލަދުގަންނާނެ ވަރުގެ ހަމަލައެއް ކަމަށް އދގެ ސެކްރެޓަރީ ޖެނަރަލް ގުތަރެސް މިއަދު ސިފަ ކުރެއްވިއެވެ.

ޔަގީނުންވެސް އެމެރިކާއާއި އިޒްރޭލުގެ ހަން ބޯކަމުން އެވާހަކަ އަޑެއް ނީވޭނެއެވެ.

ލުބުނާންގެ ވެރިރަށުގައި މާލީ މަރުކަޒުތަކަށް ޒަޔަނިސްޓުން އެމެރިކާއިން އިން ދިން ހަތިޔާރު ބޭނުންކޮށްގެން ބޮން އެޅުމުން އެމްނެސްޓީ އިންޓަރނޭޝަނަލުން މިއަދު ބުނެފައި ވަނީ އެކަމަކީ "ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭނެ" މައްސަލައއް ކަމަށެވެ.

ހަން ބޯކަމުން އެވާހަކަވެސް އިޒްރޭލާއި އެމެރިކާއަށް އިވޭނެ ހެއްޔެވެ!