ސިންގަޕޫރަކީ ވެރިކަމުގެ ނިޒާމު މޮޅުކަމަށާއި ކޮރަޕްޝަންއާއި ބޭއިންސާފެއް ނެތް ނަޒާހަތްތެރިކަމަށް ނިކަން އޮފު ގަދަކޮށް އިޝްތިހާރު ކުރެވޭ ޤައުމެކެވެ.

އެކަމަކު ނިކަން ބަލާބަލާށެވެ!

އެ ޤައުމުގެ ބާނީ އަދި ފުރަތަމަ ބޮޑު ވަޒީރު ލީ ކުއާން ޔޫގެ އެންމެ ހަގު ދަރިފުޅު، މިއަދު ޔޫކޭގައި ރެފިއުޖީއެއްގެ ގޮތުގައި ސިޔާސީ ހިމާޔަތް ހޯދައިފިއެވެ.

އޭނާ އެފްބީގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރަސްމީކޮށް އޭނާ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ ގައި ލިސްޓުވެގެން ރެފިއުޖީއެއްގެ ދަރަޖަ ހޯދާފައިވާ ކަމަށެވެ. އަދި ޔޫކޭއިން އޭނާއަށް ހިމާޔަތް ދީފައިވާ ކަމަށެވެ.

ލީ ކުއާން ޔޫގެ ހަގު ދަރިފުޅަކީ، ލީ ހްސިއެން ޔަންގްއެވެ. އޭނާއާއި އޭނާގެ ބޭބެއާ ދެމެދު ޖެހިފައިވާ މައސަލައަކީ މައިފުނަ ގޭގެ މައްސަލައެވެ!

އޭނާގެ ބޭބެއަކީ އިހައް ދުވަހާ ޖެހެންދެން ބޮޑު ވަޒީރެވެ.

ލީ ވިދާޅުވަނީ އޭނާ ސިންގަޕޫރަށް ގޮސްފިނަމަ އޭނާ ކުށެއްގައި ބައްދައި ބޭއިންސާފުން އަދަބު ދިނުމުގެ ސީރިއަސް ނުރައްކަލެއް އޮތް ކަމަށެވެ. ސިންގަޕޫރު ސަރުކާރުން ރަސްމީ ޓީވީ މެދުވެރިކޮށް ބުނެފައި ވަނީ ލީގެ ވާހަކަތަކަކީ ބޯގޯސް ވާހަކަތަކެއް ކަމަށެވެ.

ކިތަންމެ ބުރު ސޫރަ ތީރިކޮށް ވިދާ ބަބުޅާގޮތަށް ކެމްޕޭންކޮށް ދުނިޔެއަށް ދެއްކިއަސް ސިންގަޕޫރުގައިވެސް އުޅެނީ އިންސާނުން ކަން މިހާދިސާއިން ދޭހަވެއެވެ.