މޮސްކޯ، ޖުލައި 13، /ޓާސް/: ޔޫކްރޭނުން އެގައުމުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ނަމަވެސް ރަޝިޔާއަށް ނުރައްކާތައް އުފައްދައިގެން އެކަން ނުކުރެވޭނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން ވިދާޅުވީ ޔޫކްރޭނުން އެގައުމުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރަންވާނީ ރަޝިޔާއަށް ނުރައްކާ ނުވާ ގޮތަށް ކަމަށެވެ. އަދި ރަޝިޔާއަށް ނުރައްކާ ނުވާ ގޮތަށް ޔޫކްރޭނުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަކީ އެގައުމަށް ލިބޭ ހައްގެ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން އިޝާރާތް ކުރެއްވީ ޔޫކްރޭނުން އެގައުމުގެ ސަލާމަތް ހޯދުމަށް ނޭޓޯއާ ގުޅޭނަމަ އެކަމުން ރަޝިޔާގެ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފެށީވެސް ރަޝިޔާގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ޔޫކްރޭނުން އަމަލުތައް ބަހައްޓާ ކަމަށް ބުނެއެވެ.

"ކޮންމެ ގައުމަކަށް ވެސް އެގައުމުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމުގެ ހައްގު ލިބިގެންވާއިރު، ހަމަގައިމުވެސް އެ ގައުމުން އެންމެ ރަނގަޅު ކަމަށް ދެކޭ އެ މަގުސަދު ހާސިލް ކުރެވޭނެ ގޮތް އިޚްތިޔާރު ކުރުމުގެ ހައްގު ވެސް އެބައޮތް،" ރޮސިއާ-24 ޓީވީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ޔޫކްރެއިންގެ ސަލާމަތީ ކަންކަން ކަށަވަރު ކުރަން މަސައްކަތް ކުރާއިރު ޔޫކްރޭނަށް އޮތީ އެންމެ ގޮތެއް ކަމަށާއި އެއީ "އެއް ގައުމެއްގެ ސަލާމަތް ހޯދުމަށް ކުރާ މަސައްކަތުން އަނެއް ގައުމަކަށް ނުރައްކާ ކުރިމަތިވެގެން ނުވާނެ" ގޮތަށް އަމަލު ކުރުން ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން ކުރިއަށް ދަނީ ބައިނަލްއަގްވާމީ އެކިއެކި ލިޔެކިޔުންތަކުގައި ތަކުރާރުކޮށް އިއުލާންކޮށްފައިވާ މި އުސޫލަށް ރިއާޔަތްކޮށް" ޕުޓިން ވިދާޅުވި އެވެ.

"ޔޫކްރޭނަށް، ހަމަގައިމުވެސް، އެގައުމުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމުގެ ހައްގު ލިބިގެންވާ،" ޕޫޓިން ވިދާޅުވި އެވެ.

ޕުޓިން ވިދާޅުވީ މިއަހަރުގެ ކުރީކޮޅު އިސްތަންބޫލްގައި އެކުލަވާލި މޮސްކޯ އާއި ކިއެވްގެ އެއްބަސްވުމުގެ ޑްރާފްޓުގައި ޔޫކްރޭންގެ ސަލާމަތާ ބެހޭ ތަފްސީލީ ޔަގީންކަން ކަނޑައެޅި ކަމަށެވެ.

"އިސްތަންބޫލްގައި ތައްޔާރުކުރި އަދި އޭގެ ފަހުން ޔޫކްރޭންގެ ވެރިކަމުން ކުނި ކޮށިތަކަށް އެއްލާލި ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު އެކުލަވާލި އެއްބަސްވުމުގެ ޑްރާފްޓްގައި ޔޫކްރޭންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މައްސަލަތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައިވޭ" ޕޫޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްތަންބޫލް އެއްބަސްވުމުގެ ޑްރާފްޓަކީ މޮސްކޯއިން ބަލައިގަންނަ އެއްބަސްވުމެއް ކަމަށެވެ.

ޕޫޓިން އިތުރަށް ވިދާޅުވީ ނޭޓޯ އާއި ޖީ-7 ގެ ގައުމުތަކުން ރަޝިޔާ އާއި ޔޫކްރޭނުގެ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ވާނީ "ރަޝިޔާގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ ވާޖިބު ޝަރުތުގެ ދަށުން" ކަމަށެވެ. އެނޫން އެއްވެސް ގޮތެއް ރަޝިޔާއިން ގަބޫލް ނުކުރާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.