ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ނާލާފުށްޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ބަނދަރުސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވައި އަދި މިރަށުގައިވެސް ކަންމަތީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ.

ރައީސް މި ރަށުން ދެން ވަޑައިގަންނަވާނީ މުލަކަށެވެ. ކެމްޕެއިން ބޮޑު ޖަލްސާ ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ މިރޭ، މުލަކުގައެވެ.