ނާލާފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ލަސްވެފައި ވާތީ އެކަން ހައްލު ކޮށްދެއްވާނޭ ކަމަށްވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮރް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގ ދަތުރުތަކުގެ ތެރެއިން ނާލާފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދލަުކުރައްވައި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދާންވާ ސްޕީޑްގައި މަސައްކަތްތައް ނުގޮސް ހުރީ ބައެއް މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކުން ކުޑަކޮށް ފަހަތަށް ޖެހޭތީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި 141 ރަށުގައި ފަށާފައި އޮތް ފެނާއި ނަރުދަމާގެ މަސައްކަތްތައް މި އަހަރު ނިންމައި ހިދުމަތް ދޭން މަސައްކަތް ކުރައްވާނޭ ކަމަށެވެ.
ނާލާފުށްޓާއި މުލި ގުޅާލުމަށް ވެވަޑައިގެންނެވި ވައުދަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދެން ވައުދުވެ ވަޑައިގެންނެވީ އާ ބަނދަރެއް ހަދައިދިނުމަށާއި ބިން ހިއްކައި ފްލެޓް ނޫނީ ރޯހައުސް އެޅުމަށެވެ.
ރައީސް ވިދާޅުވީ ނާލާފުށި ފަދަ ކުދި އާބާދީތަކަކީ މީގެ ކުރީގެ ސަރުކާރުތަކަށް މުހިންމު ތަންތަނެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ރައީސް ވިދާޅުވީ މި ރަށްރަށުގެ އާބާދީ ކުޑަވުމުން ރިޔާސީ އިންތިހާބު ފަދަ ބޮޑެތި އިންތިހާބުތަކުގައި މި ރަށްރަށް މުހިންމު ނުވުމެވެ.