ސިނަމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިރޭ ބުނެފައިވަނީ ސިނަމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް އެރޯ ޓްރެފިކް ލައިޓް ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން، މެނުއަލްކޮށް ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާނެ ކަމަށާއި އަދި ބްރިޖުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއްދީ، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަކުރުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

މިރޭވެސް ހައިވޭގެ ބައެއް ސަރަހައްދުތަކުން ލައިޓުތައް ހުރީ ނިވިފަ އެވެ.