އޮޅުވެލި ރިސޯޓްގެ ގެސްޓް ކޮޓަރިއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އޮޅުވެލި ރިސޯޓްގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް ލިބުނީ މިރޭ 12:25 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އާޒިމް ވިދާޅުވީ އަލިފާން ނިއްވާލުމުގައި އެމްއެެންޑީއެފްގެ ފަޔާ ލޯންޗް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ރިސޯޓްގެ މުވައްޒަފުންގެ މަސައްކަތުން އަލިފާނުގެ 25 ޕަސެންޓް ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވ ސަބަބެއް އަދި ނޭނގެއެވެ.