މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، މިސްރުގެ އޭޝިއަން އެފެއާޒްގެ އެސިސްޓެންޓް މިނިސްޓަރ ހިޒް އެކްސެލެންސީ އައިމަން ކާމިލްއާ ބައްދަލުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ މިސްރުގެ ނޮން ރެސިޑެންޓް އެމްބެސެޑަރ ހިޒް އެކްސެލެންސީ މާޖިދް މުސްލިޙް ނަފީވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށެއެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި އެ މިނިސްޓްރީއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކޮށް، އިސްލާމްދީނާގުޅޭ އެކިއެކި ކަންކަމުގައި މިނިސްޓްރީއާ ގުޅިގެން ކުރެވިދާނެ ކަންކަމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ.