ގޯލްޑް ކަޕް (ސެންޓްރަލް އެމެރިކާ، ނޯތު އެމެރިކާ އަދި ކެރީބިއަންގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް) ފައިނަލުގައި ރޭ ފަތިހު ޕެނަމާގެ މައްޗަށް 1-0 އިން ކުރި ހޯދައި މެކްސިކޯއިން 9 ވަނަ ފަހަރަށް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ރޭ ހޯދައިފިއެވެ.

އެމެރިކާގެ ލޮން އެޖެލިސްގެ ސޯފީ ސްޓޭޑިއަމަށް ކުޅިބަލަން ވަދެތިބި 70،000 ސަޕޯޓަރުން ކުރި މަތީގައި ކުޅުނު ފައިނަލް މެޗުގައި ޕެނަމާ އާއި މެކްސިކޯގެ ފަރާތުން އަވަސް އެޓޭކިން ކުޅުމެއް ފެނުނުއިރު، މެޗުގެ ހަމައެކަނި ލަނޑު 88 ވަނަ މިނެޓުގައި މެކްސިކޯއަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާއަށް އުފަން ފޯވާޑް ސަންތިއާގޯ ޖިމިނޭޒްއެވެ.

މިތައްޓާއެކު އެންމެ ބޮޑު އުފަލެއް ލިބުނީ މެކްސިކޯގެ ކެޕްޓަން އަދި މަޝްހޫރު ކީޕަރު ޖުއިލާމޯ އޮޗޯއަށެވެ. މިއީ އޭނާ ގައުމީ ޖާޒީގައި ފެންނާނެ އެންމެ މުބާރާތެވެ. އޮޗޯ،38، ނިންމާފައި ވަނީ މިމުބާރާތަށްފަހު ގައުމީ ޓީމުން ރިޓަޔަރ ކުރުމަށެވެ.

މިފަހަރުގެ މުބާރާއެކު އޮޗޯ ވެފައި ވަނީ ގޯލްޑް ކަޕުގެ ތާރިހުގައި އެންމެ ގިނަފަހަރު ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާއަށެވެ. މިފަހަރު މޮޅު ކީޕަރުގެ މަގާމްވެސް ހޯދީ އޭނާއެވެ.

ސެމީފައިނަލުގައި ވަރުގަދަ އެމެރިކާ ކަޓުވާލުމަށްފަހު ފައިނަލުން ޖާގަ ހޯދި ޕެނަމާއަށް ފައިނަލުގައި މެކްސިކޯ އަތުން ބަލިވުމާއެކު ތަށީގައި އަތްލުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހުނީއެވެ.