ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) އިން އުފައްދަން މަސައްކަތް ކުރާ 6 އެޕިސޯޑުގެ ޑްރާމާ ސިލްސިލާއަކަށް ވާހަކަ އާއި ސްކްރީން ޕްލޭ އަދި ތީމް ލަވަ ހަދައިދޭނެ ފަރާތެއް ހޯދަން މިއަދު އިއުލާން ކޮށްފިއެވެ.

ޕީއެސްއެމްގެ އިއުލާނުގައި ބުނެފައި ވަނީ ވާހަކަ ވާންވާނީ ލޯބީގެ ރީތި މި ޒަމާނަށް ފެތޭ ޙާއްސަކޮށް މިހާރުގެ ޒުވަނުންގެ ދިރިއުޅުން ދައްކުވާދޭ، މުޖުތަމައުގައި ހުންނަ އިޖްތިމާއީ މައްސަލަތަކަށް އަލިއަޅުވާލާ އޭގެން އިބްރަތް ލިބޭ ކަހަލަ ވާހަކައަކަށެވެ. އަދި ޑްރާމާގެ ތީމް ސޯންގ (ޅެން) ވާންވާނީ ވާހަކައާއި ގުޅޭ އަސަރުގަދަ ރީތި ޅެމަކަށް ކަމަށެވެ.

ވާހަކަ އާއި ސްކްރީން ޕްލޭ އަދި ތީމް ލަވަ ތައްޔާރު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 12:00 ކުރިން އަގާއި މަސައްކަތް ނިމޭނެ މުއްދަތު އެނގޭގޮތަށް [email protected] މެއިލްއަށް ކޯޓޭޝަން ފޮނުއްވުމަށް ޕީއެސްއެމްގެ އިއުލާނުގައި ބުނެފައިވެއެވެ.

ޕީއެސްއެމްއިން މި ޑްރާމ ތައްޔާރު ކުރަނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހު ދެއްކުމަށެވެ.