ހަށިގަނޑުގެ ހަންގަނޑުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލާ ހަންގަނޑު އަލިކޮށް އޮމާންކޮށްލަން ބޭނުން ހެއްޔެވެ؟

މިކަންކަމަށް އެންމެ ރަނގަޅު ބޮޑީ ސްކްރަބެއް އީ ޓުކުރި އޮންލައިން ޕްލެޓު ފޯމް މެދުވެރިކޮށް ލިބެން އެބަހުއްޓެވެ.

އިލީސްގެ ''ޓިއުމެރިކް ގްލޯ ބޮޑީ ސްކްރަބް'' އަކީ ފުވައްމުލަކުގައި އުފައްދާފައިވާ ޚާއްސަ ސްކްރަބެކެވެ.

މައިގަނޑުގޮތުގައި މިގައި ހިމަނައިފައިވަނީ ރީނދުލެވެ. ސަބަބަކީ ރީނދޫގައި އެންޓިއޮކްސިޑެންޓްސް އާއި އެންޓި-އިންފްލެމެޓަރީ ކޮމްޕޯނެންޓްތައް ހިމެނޭތީއެވެ. އޭގެ ސަބަބުން ހަންގަނޑު މަޑުމަޑުން އެކްސްފޯލިއޭޓްކޮށް ހުރިހާ މަރުވެފައިވާ ހަންތަކެއް ނައްތާލައި ހަންގަނޑު އަލިވެ ދޮންކޮށްދެއެވެ.

މި ސްކްރަބް އުފެއްދުމުގައި ބޭނުންކޮށްފައިވާ ތަކެއްޗަކީ:

  • ހަކުރު
  • ޒައިތޫނިތެޔޮ
  • ވިޓަމިން ސީ
  • އެލޯ ވެރާ ޖެލް
  • އަދި ރީނދުލެވެ.

އިލީސް ބޮޑީ ސްކްރަބްގެ އަގާމެދު ކަންބޮޑުވާނޭ ކަމެއްނެތެވެ. އަގަކީ އެންމެ 104.50 ރުފިޔާއެވެ. އެއީ 300 ގްރާމުގެ ޕެކެޓެކެވެ.

އަވަހަށް ލަސްނުކޮށް އީޓުކުރީގެ ވެބްސައިޓް( https://shop.etukuri.mv ) އަށް ވަދެ އަވަށް އޯޑަރުކޮށްލާށެވެ. އޯޑަރުކޮށްލާއިރަށް އެއްވެސް އަގަކާ ނުލައި ދިމާ ހިލޭ ގެންގޮސްދޭނެއެވެ. އެކަމަކު ގެންދަވީ އެޑްރެސް ބުނަން ހަނދާން ބަހައްޓަންވާނެއެވެ.

އީޓުކުރިން ރާއްޖޭގެ ކުޅަދާނަ ފަންނުވެރިންގެ އުފެއްދުންތަކާއި، ބަދިގެސާމާނާއި، އަންނައުނާއި ރީތިވާ ސަމާނުގެ އިތުރުން މޯބައިލް ފޯނާއިއެކްސެސަރީސް އީ-ޓުކުރި މެދުވެރިކޮށް ލިބޭނެއެވެ. އޭގެ އިތުރުން މާލޭގެމަޝްހޫރު ފިހާރަތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށްހިންގާ މަޝްހޫރު ޝޮޕް ތަކުން ވިއްކާ މުދާ ވެސް މި ޕްލެޓް ފޯމުމެދުވެރިކޮށް ލިބޭނެއެވެ.

2019 ވަނަ އަހަރު އުފެދިގެންއައި އީޓުކުރިއަކީ އާންމު ދިރިއުޅުމުގައިބޭނުންވާ ހުރިހާ މުދަލެއް އެއްތަނަކުން އޮންލައިންކޮށް ހޯދުމަށްފަރުމާކޮށްފައިވާ ވިޔަފާރި ޕްލެޓްފޯމެކެވެ.