އިލެކްޝަން ކޮމިޝަން (އީސީ) އިން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާއިފި ހުންނަވާ ސަފީރު މުނޫ މަހާވަރާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ އީސީގެ އޮފީހުގައެވެ. އަދި މި ބައްދަލުވުމުގައި އީސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އަދި އީސީގެ ޑިރެކްޓަރެކެވެ.

އިއްޔެގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުން އިންޑިއާގެ ސަފީރު އާ ބައްދަލުކުރެއްވުމުގެ ތެރެއިން

އީސީއިން ރޭގައި ކުރި ޓޫވީޓެއްގައި ބުނީ މި ބައްދަލުވުމުގައި މައިގަނޑު މަގްސަދަކީ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި އޮބްޒާވް ކުރުމާ ބެހޭގޮތުން ބާއްވާ މަޝްވަރާ ކުރުމުގެ ތެރެއިން މަޝްވަރާއެއް ކަމަށެވެ.އަދި އިއްޔެގައި އީސީއިން ވަނީ ކޮމަންވެލްތާއެކުވެސް ބައްދަލުވުމެއް ބާއްވާފައެވެ.

އީސީން އިންޑިއާ ސަފީރުއާ ބައްދަލުކޮށްފައިވާއިރު، އިންޑިއާ މެދުވެރިކޮށް، ސަރުކާރުން ރިޔާސީ އިންތިހާބުގައި ނުފޫޒު ފޯރުވަން އުޅޭކަމަށް، އިދިކޮޅުން ތަކުރާރުކޮށް ސަރުކާަރަށް އަމާޒުކޮށްފައިވެއެވެ.އަދި ވޯޓު އޮޅުވާލަން އުޅޭކަމަށްވެސް އިދިކޮޅުން ސަރުކާރުގެ މައްޗަށް ތުހުމަތުކުރެއެވެ.