ހިޔާ ފުލެޓް H11 ލިފްޓް ތެރޭގައި އަރާ ހުރި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިހާކު ހައްޔަރު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާކުރި މިހަކީ އެ ފްލެޓްގެ ނުވަވަނަ ފަންގިފިލާގައި ދިރިއުޅޭ މީހެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި، އުމުރުން ސާދަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާއި ގުޅިގެން ''ހަލިނިއުސް''އަށް މަައުލޫމާތު ދެމުން ފުލުހުން ބުނީ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންވީކަމެއް. ވަރަށް ގިނައިން ފެނޭ ކުޑަކުދިން އެކަނި ލިފްޓްގަ ދަތުރުކުރާތަން. އުމުރުން 6 އަހަރުގެ ކުދިނވެސް ފެނޭ ބޮޑުމީހަކާ ނުލާ ދާތަން. ކަމެއްވާނީ ބުނެފައެއްނޫން. މިހާ ޖިންސީ އެދުން ހައްދުފަހަނައަޅައި ޖަނަވަރުންގެ އުސޫލު އާންމުވެފައިވާ މި ފަހު ޒަމާނު ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭ. ހުރިހާ ބޭފުޅުން އިތުރަށް ސަމާލުކަންދެއްވާ!