ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ވ. ފޮއްތެޔޮ ފަޅު ނުއަގުގައި ގާނޫނާ ހިލާފަށް ވިއްކާލުމަށް އުޅޭކަމުގެ ހުއްޓާލުމަށް ގޮވާލުމަށް އިދިކޮޅުން ގޮވާލައިފިއެވެ. އިދިކޮޅުން މިގޮތަށް ގޮވާލައި ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ދޭ އެފަދަ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލެވޭނެ ކަމަށެވެ.
ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ދިވެހީންގެ މުދާ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ނުއަގުގައި ވިއްކާ ހުސްކުރުމަކީ އެ ކޯލިޝަނުން އަދި ދިވެހި ރައްޔިތުންވެސް އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. މިހާރުން މިހާރަށް ގާނޫނާ ހިލާފު ކޮރަޕްޝަންގެ މިއަމަލު ހުއްޓާލުމަށް އިދިކޮޅުން ވަނީ ގޮވާލާފައިވެއެވެ.
މައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބަލާ ފިޔަވަޅު އެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ ގޮވާލައިފައެވެ. މިފަދަ ކޮރަޕްޝަންގެ ޖަރީމާތަކާއި ނުއަގުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހެދޭ އެއްބަސްވުންތައް ބާޠިލުކޮށް އެފަދަ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން އެތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ކުންފުނި ތަކުންވެސް ޤާނޫނާއި ޚިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަނާ ޙަވާލުވުމުގެ ބަދަލުގައި އެފަދަ އެއްބަސްވުންތަކާއި ދުރުވުމަށްވެސް އެ ކޯލިޝަނުން ގޮވާލައިފާވެއެވެ.