ތ. ތިމަރަފުށީގައި ބިދޭސީ ނަރުހަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފެންމަތިވެ ފުލުހުން އެމައްސަލަ ބަލަން ފަށައފ
ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އެ ރަށުގައި މަސައްކަތް ކުރާ ނަރުހަކަށް ކަަމަށް ވެއެވެ. އެނގިފައިވާ ގޮތުގައި ތިމަރަފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މި އިންޑިއާ ނަރުސްއަންހެންމީހާ ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެ ނަރުސްމީހާ އަށް އަންނަނީ ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ ތިމަރަފުށީގައި ބިދޭސީ އަންހެނަކު ދިރިއުޅޭ ގެއަކަށް މީހަކު ވަދެ ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ. އެ ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.