ގިނައަދަދެއްގެ ސްކޫލް ތަކުގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭ ފަރާތެއްކަމުގައިވާ "އެޗް.އެމް.އެފް މޯލްޑިވްސް" ގެ ސްކޫލް ޔުނީފޯމްތައް މޯލްޑިވްސް ޕޯސްޓްގެ "އީ-ޓުކުރި ޕްލެޓްފޯމް" އިން އޮންލައިންކޮށް ބެލެނިވެރިންނަށް ގަނަވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އީ-ޓުކުރިން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، 8 ސްކޫލެއްގެ އެކްޓިވިޓީ ޔުނީފޯމް އޮންލައިންކޮށް ބެލެނިވެރިންނަށް މިހާރު އީ-ޓުކުރިން ގަނެވޭނެކަމަށެވެ.

އެގޮތުން އީ-ޓުކުރިން ލިބެން ހުރި އެކްޓިވިޓީ ޔުނީފޯމްތަކުގެ ތެރޭގައި ހިމެނޭ ސުކޫލުތަކަކީ އަމީނިއްޔާ ސްކޫލް، ޢިއްޒުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޣާޒީ ސްކޫލް، ސީ.އެޗް.އެސް.އީ އަދި ޢަރަބިއްޔާ ސްކޫލް އެވެ.

އީ-ޓުކުރި ޕްލެޓްފޯމްގެ މިޚިދުމަތާއިއެކު ބެލެނެވެރިންނަށް ކިޔުގައި ވަގުތު ބޭކާރުނުކޮށް ކޮންމެތާކު ހުރެގެންވެސް ގަނެވޭނެ މަގު މިވަނީ ފަހިވެފައެވެ. ޚިދުމަތް ހޯދުމަށް އޮންލައިންކޮށް ފައިސާ ދެއްކޭނެކަމަށާއި 24 ގަޑިއިރުތެރޭ ޑެލިވަރ ކުރެވޭނެކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

އީ-ޓުކުރި ޕްލެޓްފޯމްއިން ގަންނަ އައިޓަމް ޓްރެކް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު ޑޯރސްޓެޕްއަށް ޑެލިވަރީ ކޮށްދޭނެއެވެ.

އެޗް. އެމް. އެފް މޯލްޑިވްސްއިން މައުލޫމާތު ދެއްވި ގޮތުގައި މިގޮތައް އީ-ޓުކުރިއާ ގުޅިގެން އޮންލައިންކޮށް އެކްޓިވިޓީ ޔުނީފޯމް ލިބޭނެގޮތް ހެދުމުގެ އެންމެ ބޮޑު މަޤްސަދަކީ، އެހެން އަހަރުތަކާ ޙިލާފަށް ބެލެނިވެރިން އަދި ދަރިވަރުން ގިނަ ވަގުތު ކިއުގައި މަޑުނުކޮށް، ރައްކާތެރިކަމާއެކު، ގައިދުރުކުރުމާ އެކު ގޭގައި ތިބެގެން ފަސޭހައިން ޔުނީފޯމް ގަނެވޭނެ ގޮތްހެދުން ކަމަށެވެ.

އީ-ޓުކުރިން ޔުނީފޯމް އެޗް. އެމް. އެފް މޯލްޑިވްސްގެ އީ-ޓުކުރި ސްޓޯރްއަށް (shop.etukuri.mv/stores/hmfmaldives) ވަޑައިގެން ބޭނުންވާ ސްކޫލްއެއްގެ ޔުނީފޯމް ބައްލަވައި ގަނެވޭނެއެވެ.

މިކަމުގައި އެއްވެސް އެހީތެރި ކަމެއް ބޭނުންނަމަ އީޓުކުރީގެ އެފްބީ ޕޭޖް، ހޮޓްލައިން 7632513 އާގުޅުމުން ނުވަތަ އީމެއިލުން ނަމަ [email protected] މައުލޫމާތު ލިބޭނެއެވެ.

އީ-ޓުކުރި ލޯކަލް ޕްލެޓްފޯމަކީ ރަޖިސްޓްރީވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ކޯޕަރޭޓިވްސްތަކާއި އަދި އޮންލައިން ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ އީ-ކޮމާރސް ސޮލިއުޝަންއެކެވެ.