ޗައިނާއާ މެދު ދުނިޔެއިން ސުލްހަވެރި ގޮތެއް ގެންގުޅުމަށް އެމެރިކާއަށް ބާރުއަޅުއްވައި އެމެރިކާގެ ސިޔާސަތު ބަދަލު ކުރެއްވި ހެންރީ ކިސިންޖަރ ބެއިޖިންގއަށް ވަޑައިގެންފިއެވެ.

ޗައިނާ ރައީސް ވަނީ ކިސިންޖާ އާ ބައްދަލުކުރައްވައި އޭނާއަށް ޗައިނާއަށް ކޮށްދެއްވާފައިވާ ސިޔާސީ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައެވެ.

އުމުރުން 100 އަހަރުގެ އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހެންރީ ކިސިންޖާ ވަނީ ޗައިނާގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް މަސްއޫލުވެރިންނާއި ޗައިނާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައި ފައެވެ.

އެމެރިކާ ސަރުކާރުން ބުނެފައި ވަނީ މިއީ އެމެރިކާ ސަރުކާރުން އެދިގެން ކޮށްފައިވާ ދަތުރެއް ނޫން ކަމަށެވެ.

މީގެ 50 އަހަރު ކުރިން އެމެރިކާގެ ކުރީގެ ރައީސް ރިޗަޑް ނިކްސަންގެ ވެރިކަމުގައި އެމެރިކާއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމަށް މަގުފަހިވީ ކިންޖާގެ މަސައްކަތުންނެވެ. ޗައިނާ ރައީސާއި ސަރުކާރުން ބުނެފައި ވަނީ ކިސިންޖާ އަކީ ޗައިނާގެ ޒަމާންވީ ރަހުމަތްތެރިއެއް ކަމަށެވެ. އަދި ޗައިނާ ރައްޔިތުން ކިސިންޖަރ މަތިން ހަނދާން ނައްތާ ނުލާނެ ކަމަށެވެ.

"ޗައިނާއާއި އެމެރިކާގެ ވަޅޯ ގުޅުމުގައި ޑޮކްޓަރު ކިސިންޖާ ވަނީ ތާރީހީ ޙިއްޞާތަކެއް އަދާ ކޮށްދެއްވާފަ. ދެގައުމުގެ ދެމެދު ގުޅުންތައް ގާއިމްކޮށް، ސިޔާސީ ވިސްނުން ރަނގަޅު ކުރުމަށް އަގު ނުކުރެވޭފަދަ މަސައްކަތެއް ކިސިންޖާ ކޮށްދެއްވި" ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް ވަންގް ޔީ ވިދާޅުވި އެވެ.

ކިސިންޖާ އަކީ ހާވާޑް ޔުނިވަރސިޓީން ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.