މޮސްކޯ، ޖުލައި 21، /ޓާސް/: އިނގިރޭސިވިލާތުގައި ހުންނަވާ ޔޫކްރައިންގެ ސަފީރު ވަޑިމް ޕްރިސްޓައިކޯ އިއްޔެ މަގާމުން ވަކިކުރައްވައިފި އެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ޕްރިސްޓައިކޯ މަގާމުން ވަކިކުރައްވަން ޔޫކްރައިނުގެ ރައީސް ވްލަޑަމީރް ޒެލެންސްކީއަށް ޖެހި ވަޑައިގަތީ ޕްރިސްޓައިކޯ މެދު އިނގިރޭސި ޚާރިޖިއްޔާއިން ހިތްހަމަ ނުޖެހުމުންނެވެ.

"އިނގިރޭސިވިލާތާއި އުތުރު އަޔަލޭންޑަށް ކަނޑައަޅާފައި ހުންނަ ޔޫކްރޭންގެ ސަފީރު އެކްސްޓްރާއޮޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީގެ މަގާމުންނާއި ބައިނަލްއަގްވާމީ ކަނޑުގެ ޖަމިއްޔާއަށް ޔޫކްރޭންގެ ދާއިމީ މަންދޫބުގެ މަގާމުން ވަޑިމް ޕްރިސްޓޭކޯ ވަކި ކޮށްފިން" ހުކުރު ދުވަހު ޔޫކްރައިނުގެ ރިޔާސީ ވެބްސައިޓުގައި އާންމުކުރި ރިޔާސީ އަމުރެއްގައިވެ އެވެ.

ޕްރިސްޓައިކޯ އާއި އިނގިރޭސި ޚާރިޖިއްޔާއާ ދެމެދު ނުތަނަވަސްކަން އުފެދުނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އޮތް ނޭޓޯ ސަމިޓުގެ ހަވާސާގެ ތެރެއިން އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ޑިފެންސް ބެން ވައްލޭސްއަށް ރައީސް ޒެލެންސްކީ ވިދާޅުވި އެއްޗެއްގެ އިތުރު ތަފްސީލް ދެއްވުމުގެ ތެރޭގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިނގިރޭސި ޑިފެންސް ސެކްރެޓަރީ މިސަމިޓުގައި ޔޫކްރައިން ކިބައިން އެދުނީ، ޔޫކްރައިން ނޭޓޯއަށް ވެއްދުން ފަސްކުރަމުން އަންނަ މައްސަލާގައި ޝަކުވާތައް ގިނަ ނުކޮށް ނޭޓޯއިން ފޯރުކޮށްދޭ ހަތިޔާރާމެދު ޔޫކްރައިނުން ޝުކުރުވެރި ވުމަށެވެ. ޖަވާބުގައި ޝުކުރުވެރިވުމަށް ހައްދަވަންވީ ގޮތަކީ ކޮބައިތޯ އިނގިރޭސި ޑިފެންސް ސެކްރެޓަރީ ކުރެން އައްސަވައި މިކަމަށް ރައީސް ޒެލެންސްކީގެ ފަރާތުން ރައްދު ދެއްވީ ޕްރިސްޓައިކޯއެވެ.

މަގާމުން ވަކި ކުރެއްވި މައްސަލާގައި ސްކައި ނިއުސް ޓީވީ ޗެނަލަށް ދިން އިންޓަވިއުއެއްގައި ޕްރިސްޓައިކޯ ވިދާޅުވީ މި މަލާމާތަކީ ފައިދާހުރި ކަމެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި ޔޫކްރޭނާއި ގްރޭޓް ބްރިޓަންއާ ދެމެދު މައްސަލައެއް އުޅޭކަން ރަޝިޔާއަށް ދައްކަން ނުޖެހޭ ކަމަށެވެ.

"އެއްވެސް މައްސަލައެއް އުޅޭނަމަ ކީއްވެތޯ އިނގިރޭސި އޮފިޝަލް އަޅުގަނޑަށް ގުޅައިގެން މައްސަލަ ހައްލު ނުކުރަންވީ" ސްކައި ނިއުސްއަށް ވަޑިމް ވިދާޅުވިއެވެ.

ޕްރިސްޓައިކޯ އިނގިރޭސިވިލާތުގައި ހުންނަވާ ޔޫކްރޭންގެ ސަފީރު ކަމަށް އައްޔަން ކުރެއްވީ ޖުލައި 20، 2020 ގަ އެވެ.