މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް ރެއިޑްކޮށް 5 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމީހުން ހައްޔަރުކޮށްފައި ވަނީ އަލޮރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިމަހުގެ 20 ވަނަ ދުވަހުގެރޭ ސްޕެޝަލް އޮޕަރޭޝަން އާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓްއާއި އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައިކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އޮޕަރޭޝަންގައި 34 އަހަރުގެ ބިދޭސީ 2 އަންހެނުންނާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރުގެ އަދި 39 އަހަރުގެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވޭ. އޭގެތެރެއިން ބައެއް މީހުންހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.