ޔޫކްރައިނުން މިއަދު ދިން ހަމަލާއެއްގައި ރަޝިޔާ - ޔޫކްރައިން ހަނގުރާމަ ކަވަރ ކުރަމުން ދިޔަ ރަޝިޔާގެ "ރިއާ ނިއުސް އެޖެންސީ" ގެ ނޫސްވެރިޔަކު މަރުވެ އިތުރު ހަތަރު ނޫސްވެރިޔަކު ޒަޚަމްވެއްޖެއެވެ.

މިހަމަލާއާ ގުޅިގެން ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ބުނީ ނޫސްވެރިޔާ މަރުވީ ޔޫކްރައިނުގެ ހުޅަނގު ދެކުނުގައި ރަޝިޔާގެ އަވަށެއް ކަމުގައިވާ ޕިއަތީޚައްކީއަށް ޔޫކްރައިނުން ދިން ހަމަލާއެއްގައި ކަމަށެވެ.

"ކްލަސްޓާ މުނިޝަން ބޭނުންކޮށްގެން ޔޫކްރޭން ސިފައިން ދިން ހަމަލާއެއްގެ ނަތީޖާއެއްގެ ގޮތުން އެއްނޫސްވެރިޔަކު މަރުވެ އިތުރު ހަތަރު ނޫސްވެރިއަކު އެކި މިންވަރަށް ވަނީ ޒަޚަމްވެފައި" ރަޝިޔާ ސިފައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

“ރިއާގެ ނޫސްވެރިޔާ ރޮސްޓިސްލާވް ޒުރަވްލެވް މަރުވީ ކްލަސްޓާ މުނިޝަންތައް ގޮވުމުގެ ސަބަބުން ލިބުނު ޒަޚަމްތަކުގެ ސަބަބުން" ޔޫކްރައިނުން ހަމަލާ ދިނީ ހަނގުރާމަ ތަކުގައި ބޭނުން ކުރުން މަނާކޮށްފައިވާ ކްލަސްޓް ބޮން ބޭނުންކޮށްގެން ހާމަ ކުރަމުން ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ބުންޏެވެ.

އ.ދ އާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތު ކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ޔޫކްރައިނަށް ކްލަސްޓަރ ބޮން ފޮނުވީ މިހިނގަމުން އަންނަ ޖުލައި މަހުގެ ތެރޭގައި އެމެރިކާއިންނެވެ.

ކްލަސްޓަރ ބޮމަކީ ކުދިކުދި އެތައް ބޮންތަކެއް ބޭނުންކޮށްފައިވާ ހަދާފައިވާ ބޮޑު އެއްބޮމެވެ. މިފަދަ ބޮންތަކުން ހަމަލާދޭ ސަރަހައްދުގައި ނުގޮވާ ހުންނަ ކުދި ބޮންތަކުގެ ސަބަބުން ކުޑަކުދިންނާއި ހަނގުރާމައާ ގުޅުން ނެތް އެތައް މީހުން ނުކުޅޭ މީހުންނަށް ވެގެންދެއެވެ.