މާލޭސިޓީ މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، މިހާދިސާގައި އަންހެނެއްގެ މޫނު ފިހިއްޖެއެވެ. ހާދިސާ ހިނގާފައިވަނީ މާފަންނު ދިލީވިލާ ނަމަކަށް ކިޔާ ގެއެއްގައެވެ.

މީޑިއާއަށް މިހާދިސާ އާ ގުޅޭ ގޮތުން މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނެފައި ވަނީ މ. ދިލީވިލާގައި "ގޭސް އެކްސްޕްލޯޝަން" އެއް ހިނގައިގެން އެކަމުގެ ރިޕޯޓް ލިބިގެން ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

"ގޭސް ލީކުވެފައި ހުއްޓާ ރޯކުރުމުން ކަމަށް ބެލެވެނީ،" އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މީގެ އިތުރުން އުނދުން ރޯކުރި އަންހެން މީހާގެ މޫނު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ.